ރައީސް ނަޝީދު ވޯޓުލާ މަރުކަޒެއްގެ ކައިރީގައި ޙަރަކާތްތެރިވަނީ
ރައީސް ނަޝީދު ވޯޓުލާ މަރުކަޒެއްގެ ކައިރީގައި ޙަރަކާތްތެރިވަނީ
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ގިނަ ބަޔަކު ކުރަން ފަށައިފިއެވެ.

ރައީސް ނަޝީދު ގެންދަވަނީ ވޯޓުލާ މަރުކަޒުތައް ކައިރިއަށް ވަޑައިގެން ވޯޓުލުމަށް އިތުރަށް މީހުން ނެރުމާ ގުޅޭގޮތުން އެމްޑީޕީގެ އޮފިޝަލުންނަށް އިރުޝާދު ދެއްވަމުންނެވެ. ރައީސް ނަޝީދުގެ ޢަމަލުތަކާމެދު ހިތްހަމަނުޖެހި ބައެއް ކެނޑިޑޭޓުންގެ ފަރާތުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ޙަރަކާތްތެރިވާ އޮފިޝަލުން ވަނީ އެއީ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށް ތުހުމަތު ކޮށްފައެވެ.

އެ ސަރަޙައްދުގައިތިބި މީހުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަނީ ޒުވާބު ނުކުރެއްވުމަށް އެދި ވަޑައިގެންފައެވެ. އެކަމާ ގުޅިގެން ޢާއްމުންގެ ހިތްހަމަނުޖެހުން އިތުރަށް ބޮޑުގެ ރައީސް ނަޝީދަށް ރައްދުދީ ބުނެފައިވަނީ، އެމަނިކުފާނު ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާ ކަމަށާއި، އެމްޑީޕީގެ ވެރިކަމެއް އޮތްނަމަވެސް ބޭނުން ގޮތެއް ނުހެދޭނެ ކަމަށެވެ. އަދި ބަސްބުނުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަމަށް ބުނެ ޢާއްމުން ވަނީ ރައީސް ނަޝީދަށް ރައްދު ދީފައެވެ.

އެމްޑީޕީން ކެމްޕޭންގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، މި އިންތިޚާބުގައިވެސް އެމަނިކުފާނު ހުންނަވާނީ އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުންނަށް ވޯޓު ހޯއްދަވައި ދެއްވުމަށް ކުރަށްވަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށްކަމަށެވެ. އަދި އެ މަސައްކަތް ކުރަށްވާނެކަމަށާއި، ކެމްޕޭން ކުރިއަށްދާނީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 826 ކެންޑިޑޭޓުން ވާދަކުރާއިރު މި އިންތިޚާބުގައި ވޯޓުލާން ނިކުންނަ މީހުންގެ ޢަދަދު ނިސްބަތުން މަދުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން