އަހުމަދު ޝާހް   10 އޭޕްރީލު 2021 - 17:47
މިއަދުގެ އިންތިޚާބުގައި ވޯޓުލުން ކުރިޔަށް ދަނީ
މިއަދުގެ އިންތިޚާބުގައި ވޯޓުލުން ކުރިޔަށް ދަނީ
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމަށް ތ. ވިލުފުށީގައި ބަހައްޓާފައިވާ 2 ފޮށްޓަށް ވޯޓުލާން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވީ ވިލުފުށީގެ 2 ފޮށީގެ ވެސް ގިނަ އޮފިޝަލުން ކަރަންޓީންވާންޖެހި އެ ރަށުން އިތުރު އޮފިޝަލުން ނުލިބުމާއި ގުޅިގެން މާލެއިން އެރަށަށް އޮފިޝަލުން ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި އެ ރަށުގައި ވޯޓުލުން ފެށޭނީ މާލެއިން ދާ އޮފިޝަލުންނަށް އެރަށަށް ދެވުމުން ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށަށް އިލެކްޝަންސްގެ އޮފިޝަލުން ގޮސް އެއް ފޮށީގެ ވޯޓުލުން މިއަދު 11:48 ގައި ފަށާފައިވާއިރު، ދެވަނަ ފޮށީގެ ވޯޓުލުން ފަށާފައިވަނީ 12:15 ގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު 17:00 އާ ހަމަޔަށް ވޯޓުލުން ކުރިޔަށް ދާނެ ކަމަށެވެ. އަދި އައިސޮލޭޝަނާއި ކަރަންޓީނުގައި ތިބި ފަރާތްތަކުން ވޯޓުލުމަށް ހާއްސަކުރެވިފައިވަނީ ހަވީރު 17:00 އިން އިރުއޮއްސި 18:00 އާ ހަމަޔަށް ކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ. އެހެން ނަމަވެސް ވިލުފުށީގައި ވޯޓުލުން ކުރިޔަށްދާ ގަޑިތަކަށް ބަދަލު އަންނާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން