ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވޯޓު ލައްވަނީ
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވޯޓު ލައްވަނީ
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތައް މިއަދު އިރުއޮއްސި 6 ޖަހާއިރު ބަންދުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން އިލެކްޝަންސް ކޮމިޝަނުން ފަށާފައިވަނީ މިއަދު ހެނދުނު 7:00 ގައެވެ. އަދި ހަވީރު 5:00 އާއި 6:00 އާ ދެމެދު ވޯޓު ލުން ޚާއްސަކޮށްފައިވަނީ، ކަރަންޓީނުގައި ތިބޭ ފަރާތްތަކާއި، ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންނަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު އިރުއޮއްސި 6 ޖަހާއިރު ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމަށް މީހަކު ނެތްނަމަ ވޯޓުލާ މަރުކަޒު ބަންދުކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.



މިފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު 273،128 މީހުންނަށް ލިބޭއިރު މީގެތެރެއިން 5134 މީހުންނަކީ އިންތިޚާބު ލަސްކުރުމުން އެއްއަހަރު ތެރޭގައި 18 އަހަރު ފުރޭ މީހުންނެވެ.

ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްލަ 3814 ކެންޑިޑޭޓުން ވާދަކުރާއިރު އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އަދަދަކީ 713 ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން