ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވޯޓު ލައްވަނީ
ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވޯޓު ލައްވަނީ
އެންމެން ވޯޓުލައި ނިމުމުން ޑައިމަންޑް ރިސޯޓުގައި ބެހެއްޓި ވޯޓުފޮށި ބަންދު ކޮށްފިއެވެ.

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މިހާތަނަށް ވޯޓުލުމުގެ ހައްގުލިބިގެންވާ މީހުންގެ ތެރެއިން ފަންސާސް އިންސައްތަ މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ޢާއްމު ކޮށްފައިވާ މަޢޫލޫމާތު ދައްކާގޮތުން މިހާތަނަށް އެއްފޮށި ވަނީ ބަންދުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ބަންދުކޮށްފައިވަނީ ޑައިމަންޑް ރިސޯޓުގައި ބަހައްޓާފައިވާ ވޯޓުފޮށި ކަމަށާއި، އެ ފޮށްޓަށް ރަޖިސްޓްރީ ކޮށްފައިވާ 17 މީހުންވެސް ވޯޓުލާފައިވާ ކަމަށެވެ. މި އިންތިޚާބުގައި ޖުމްލަ 713 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.

އިންތިޚާބުގެ ވޯޓުލުން މިހާރު ކުރިއަށްދާއިރު ވޯޓުލާން ނުކުންނަ މީހުންގެ ޢަދަދު ނިސްބަތުން ދަށް ކަމަށް އީސީން މިއަދު މެންދުރުކުރީގައި ވަނީ ބުނެފައެވެ. އީސީން ބުނީ މިއަދު މެންދުރުފަހު 15:40 އާ ހަމައަށް އިންތިޚާބުގައި ވޯޓުލާފައިވަނީ 138444 މީހުން ކަމަށެވެ. އެއީ 71304 ފިރިހެނުންނާއި، 67139 އަންހެނުން ކަމަށެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވަނީ 273128 މީހުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން