އަހުމަދު ޝާހް   10 އޭޕްރީލު 2021 - 22:54
ވޯޓުލާ މަރުކަޒެއް ކައިރީގެ ބަޔަކު ޙަރަކާތްތެރިވަނީ
ވޯޓުލާ މަރުކަޒެއް ކައިރީގެ ބަޔަކު ޙަރަކާތްތެރިވަނީ
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ބައެއް ވޯޓު ފޮށިތަކުގެ ވޯޓުލުމުގެ ކިއޫ ބަންދުކޮށްފިއެވެ.

މިއަދުގެ ވޯޓުގައި މެންދުރުކުރީގެ ވަގުތުތަކުގައި މަދުބަޔަކު ވޯޓު ލުމަށް ނިކުތް ނަމަވެސް މެންދުރުފަހުން ފެށިގެން ގިނަ ޢަދަދެއްގެ މީހުން ވޯޓު ލުމަށް ނިކުމެ ވޯޓު ފޮށިތައް ދޮށުގައި ވަނީ ގިނަބަޔަކު ތޮއް ޖެހިފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ހަވީރު 6 ޖަހަންދެން ޢާއްމުންނަށްވެސް ވޯޓުލުމަށް ވަގުތު އިތުރުކޮށްދީފައެވެ. އަދި ކަރަންޓީނުގައި ތިބި މީހުންނާއި ބައްޔަށް ޕޮޒިޓިވް މީހުން ވޯޓުލުމަށް ކިއޫ އަށް އެރުމުގެ ފުރުސަތު 17:00 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާޢީލް ޙަބީބު ވިދާޅުވީ އެ ފޮށްޓަކަށް ވޯޓުލާންޖެހޭ އެންމެން ވޯޓުލައި ނިމުމުން ނޫންގޮތަކަށް 18:00ގެ ވޯޓުފޮށްޓެއް ބަންދެއް ނުވާނެ ކަމަށެވެ. ނަމަވެސް 18:00 ގެ ފަހުން ކިއު ބަންދު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީސީން ބުނީ މިއަދު ހަވީރު 16:40 އާ ހަމައަށް އިންތިޚާބުގައި ވޯޓުލާފައިވަނީ 155192 މީހުން ކަމަށެވެ. އެއީ 79007 ފިރިހެނުންނާއި، 76185 އަންހެނުން ކަމަށެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވަނީ 273128 މީހުންނަށެވެ.

މި އިންތިޚާބުގައި 713 ފޮއްޓެއްގެ ވޯޓުލުން ކުރިއަށް ގެންދާއިރު މިހާތަނަށް 3 ފޮށި ވަނީ ބަންދުކޮށްފައެވެ. އަދި މިހާތަނަށް ވޯޓު ނުލާ މީހުންގެ އިންސައްތައަކީ 43.18 އިންސައްތައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން