ވޯޓުލާ މަރުކަޒެއް ކައިރީގެ ބަޔަކު ޙަރަކާތްތެރިވަނީ (ރަސް ފޮޓޯ: ޝާހް)
ވޯޓުލާ މަރުކަޒެއް ކައިރީގެ ބަޔަކު ޙަރަކާތްތެރިވަނީ (ރަސް ފޮޓޯ: ޝާހް)
ވިލިމާލޭގައި ވޯޓުލާ މަރުކަޒު ހިމެނޭ ސަރަހައްދުގައި އަޑުގަދަ ކުރި މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ ބުނީ ވިލިމާލޭ މުހިއްދީން ސްކޫލްގައި ހަދާފައިވާ ވޯޓުލާ މަރުކަޒު ކައިރީގައި އަޑުގަދަ ކުރި ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށާއި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިއަދު 4:15 ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން ވޯޓު ކަރުދާސް ފޮޓޯ ނެގުމަށް ފަހު އާންމު ކުރަމުންދާ މައްސަލައެއްވެސް ސަމާލުކަމަށް އައިސް އެކަންވެސް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ. އޭގެތެރޭގައި ހިމެނެނީ އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 178 މެންބަރުންނާއި ރަށު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑި އަދި ދެ ޖިންސަށް ހާއްސަ 370 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން