ތެޔޮ ބޯޓުގައި އަލިފާން ރޯވެފައި
ތެޔޮ ބޯޓުގައި އަލިފާން ރޯވެފައި
އެނބޫދޫ ފިނޮޅު ކައިރީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ 60 ހާސް ލިޓަރުގެ ތެލާއެކު ފެތިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:50 ހާއިރު ކަމަށެވެ. މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.

ބޯޓު އަޑިއަށް ދިއުމުގެ ކުރިން އޭގައި ތިބި ހަތަރު މީހުން ވަނީ މާލެ ގެނެސްފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމީހުން މާލެ ގެނައީ އެ ސަރަހައްދުން ދަތުރުކުރި އިތުރު އުޅަނދަކުންނެވެ. 

ރޯވި ތެޔޮ ބޯޓްގައި 60000 ލީޓަރު ހުރިކަމަށްވެއެވެ. ރޯވި ތެޔޮ ބޯޓް މިހާރު ވަނީ އަޑިއަަށް ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން