އަހުމަދު ޝާހް   10 އޭޕްރީލު 2021 - 23:34
އިލެކްޝަން ކޮމިޝަންގެ މެމްބަރުން
އިލެކްޝަން ކޮމިޝަންގެ މެމްބަރުން
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 51 ފޮއްޓަކަށް ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިޢުލާނެއްގައި ވަނީ، މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި 51 ވޯޓުލާ މަރުކަޒެއްގައި ވޯޓުލުން ފެށުން ލަސްވެފައިވާތީ، އެމަރުކަޒުތަކުގައި ވޯޓުލާ ވަގުތު އިތުރުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.



މިއަދުގެ ވޯޓުގައި މެންދުރުކުރީގެ ވަގުތުތަކުގައި މަދުބަޔަކު ވޯޓު ލުމަށް ނިކުތް ނަމަވެސް މެންދުރުފަހުން ފެށިގެން ގިނަ ޢަދަދެއްގެ މީހުން ވޯޓު ލުމަށް ނިކުމެ ވޯޓު ފޮށިތައް ދޮށުގައި ވަނީ ގިނަބަޔަކު ތޮއް ޖެހިފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ހަވީރު 6 ޖަހަންދެން ޢާއްމުންނަށްވެސް ވޯޓުލުމަށް ވަގުތު އިތުރުކޮށްދީފައެވެ. އަދި ކަރަންޓީނުގައި ތިބި މީހުންނާއި ބައްޔަށް ޕޮޒިޓިވް މީހުން ވޯޓުލުމަށް ކިއޫ އަށް އެރުމުގެ ފުރުސަތު 17:00 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ.

މި އިންތިޚާބުގައި 713 ފޮއްޓެއްގެ ވޯޓުލުން ކުރިއަށް ގެންދާއިރު މިހާތަނަށް 117 ފޮށި ވަނީ ބަންދުކޮށްފައެވެ. އަދި މިހާތަނަށް ވޯޓު ނުލާ މީހުންގެ އިންސައްތައަކީ 36.33 އިންސައްތައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން