މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން ނިމި ބައެއް ފޮށިތަކުގެ ވޯޓު ގުނަން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް 53 ފޮށްޓެއްގެ ވޯޓު ގުނަން ފަށާފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ޢާއްމު ކޮށްފައިވާ މަޢުލޫމާތު ދައްކާގޮތުން މިހާތަނަށް 523 ވޯޓުފޮށި ވަނީ ބަންދުކޮށްފައެވެ. މި އިންތިޚާބުގައި ޖުމްލަ 713 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. އަދި ލަހުން ވޯޓުލާން ފެށުނު 51 ފޮށްޓެއްގެ ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން ވަނީ އިތުރުކޮށްފައެވެ.
އީސީން ބުނީ މިހާތަނަށް އިންތިޚާބުގައި ވޯޓުލާފައިވަނީ 178280 މީހުން ކަމަށެވެ. އެއީ 90134 ފިރިހެނުންނާއި، 88146 އަންހެނުން ކަމަށެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވަނީ 273128 މީހުންނަށެވެ.
ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްލަ 3814 ކެންޑިޑޭޓުން ވާދަކުރާއިރު އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އަދަދަކީ 713 ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ.

Status @1900hrs pic.twitter.com/p7yp3Eks3k
— Ahmed Shareef (@ShareefRangondi) April 10, 2021
އީސީން ބުނީ މިހާތަނަށް އިންތިޚާބުގައި ވޯޓުލާފައިވަނީ 178280 މީހުން ކަމަށެވެ. އެއީ 90134 ފިރިހެނުންނާއި، 88146 އަންހެނުން ކަމަށެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވަނީ 273128 މީހުންނަށެވެ.
ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްލަ 3814 ކެންޑިޑޭޓުން ވާދަކުރާއިރު އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އަދަދަކީ 713 ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ.
ކިޔުންތެރިންގެ ހިޔާލު