މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުގެ ނަތީޖާ އިޢުލާނުކުރަން ފަށައިފިއެވެ.
މާލެ ސިޓީ
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން މާލޭ ސިޓީގެ މޭޔަރުގެ ގޮނޑީގައި ކުރީގައި އުޅުއްވަނީ ޑރ. މުޢިއްޒެވެ. ޑރ. މުޢިއްޒުއަށް 9305 ވޯޓު ލިބިފައިވާއިރު އަނަސް އަށް ލިބިފައިވަނީ 5573 ވޯޓެވެ.
އައްޑޫ ސިޓީ
އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ރޭހުގައި ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ޢަލީ ނިޒާރެވެ. ނިޒާރަށް 1257 ވޯޓު ލިބިފައިވާއިރު އޭނާއާއި ވާދަކުރެއްވި މުޙައްމަދު ލަތީފަށް ލިބިފައިވަނީ 898 ވޯޓެވެ.
އައްޑޫ ސިޓީގެ މޭޔަރުގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ ބާކީ 12 ގޮނޑީގެ ތެރެއިން އެމްޑީޕީ އަށް ކާމިޔާބުކުރެވުނީ ހަތް ގޮނޑިއެވެ. މީގެތެރޭގައި ހިމެނެނީ ހިތަދޫގެ ހަތަރު ގޮނޑީގެ އިތުުރުން، ހުޅުދޫ އަދި މަރަދޫ ފޭދޫ ދާއިރާގެ ގޮނޑިއެވެ. އައްޑޫ ސިޓީގެ މީދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ދެގޮނޑި ކާމިޔާބު ހޯދީ އިދިކޮޅު ޕީޕީއެމުންނެވެ. ބާކީ ތިން ތިން ގޮނޑި ކަމަށްވާ، ހިތަދޫގެ ދެގޮނޑި އަދި މަރަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ތިން ކެންޑިޑޭޓެކެވެ.
ފުވައްމުލަކު ސިޓީ
ފުވައްމުލަކުގެ މޭޔަރުކަމަށް އިސްމާޢީލް ރަފީޤު (އިއްސެ) އިންތިޚާބުވެފައިވާއިރު އޭނާ އަށްވަނީ 1700 ވޯޓު ލިބިފައެވެ. އޭނާއާއި ވާދަކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބިފައިވަނީ 1395 ވޯޓެވެ.
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ ވޯޓުގައި ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު އާތިފް އެވެ. އާތިފަށް 1535 ވޯޓު ލިފައިވާއިރު ޕީޕީއެމްގެ ކެނޑިޑޭޓް ޢަބްދުﷲ ޢިޤްބާލް އަށް ލިބިފައިވަނީ 1041 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު