އައްޑޫ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި ޢަލީ ނިޒާރު
އައްޑޫ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި ޢަލީ ނިޒާރު
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ އައްޑޫ ސިޓިގެ މޭޔަރުކަމަށް ކުރީގައި އުޅުއްވަނީ އެމްޑީޕީގެ އަލީ ނިޒާރު ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

އައްަޑޫ ސިޓީގެ ގިނަ ވޯޓު ފޮށިތަކެއްގެ ނަތީޖާ އިޢުލާނު ކޮށްފައިވާއިރު މިހާތަނަށް ވަގުތީ ނަތީޖާއިން ކުރީގައި އުޅުއްވަނީ ޢަލީ ނިޒާރުއެވެ. އަދި އޭނާއާއި ވާދަކުރެއްވި މުޙައްމަދު ލަތީފަށް ލިބިފައިވަނީ ނިސްބަތުން ޢަލީ ނިޒާރު އާއި އަޅާ ބަލާއިރު މަދު ޢަދަދެއްގެ ވޯޓެވެ.

މި އިންތިޚާބުގައި އައްޑޫގެ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބު ކުރުމާ ގާތަށް އެމްޑީޕީ ޖެހިލާފައިވާއިރު، މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ޕީޕީއެމްގެ ޑރ. މުޢިއްޒު ވަނީ ގާތްގަނޑަކަށް ކަށަވަރު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން