މާލޭ ސިޓީގެ މޭޔަރު ކަމަށް އިންތިޚާބުވި ޑރ. މުޙައްމަދު މުޢިއްޒު
މާލޭ ސިޓީގެ މޭޔަރު ކަމަށް އިންތިޚާބުވި ޑރ. މުޙައްމަދު މުޢިއްޒު
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ އެންމެ ވާދަވެރި މާލޭގެ މޭޔަރުކަމުގެ ގޮނޑި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބުކޮށްފިއެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން މިހާތަނަށް ޑރ. މުޢިއްޒުވަނީ އަނަސް އަށް ވުރެ ދެގުނަ އިތުރަށް ވޯޓު ހޯއްދަވާފައެވެ. އެގޮތުން މުޢިއްޒުއަށް 4200 ވޯޓު ލިބިފައިވާއިރު އަނަސްއަށް ލިބިފައިވަނީ 2600 ވޯޓެވެ.

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވަނީ މާލޭ ސިޓީގެ ގިނަ ގޮނޑިތަކެއް ގެއްލިފައިކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ. މިއީ ކައުންސިލް އިންތިޚާބެއްގައި މާލޭސިޓީން އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ބައްޔެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން