އަހުމަދު ޝާހް   12 އޭޕްރީލު 2021 - 2:40
ފުވައްމުލަކު ސިޓީ މިސްކިތެއް
ފުވައްމުލަކު ސިޓީ މިސްކިތެއް
މި އަހަރުގެ މުލަ ރޯދަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް ކަނޑައަޅައިފިއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވެވި ހަނދާބެހޭ ގަރާރުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށް ވަނީ އިޢުލާނު ކޮށްފައެވެ. އެގޮތުން މިރޭ އިރޮއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ފެންމަތި ނުވާނެކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށް ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ދިވެހިރާއްޖޭގައި އަމަލުކުރާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާއަކީ 1442 ވަނަ އަހަރުގެ ޝައުބާން މަހުން 30 ވަނަ ދުވަސް ކަމުގައްޔާ އަދި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމުގައި ސަރުކާރުން ވަނީ ނިންމަވާފައެވެ.

ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރ ވަނީ ރޯދަ ހިފުމަށް ފަރުވާތެރިވެ ﷲ ރުއްސެވުމާއި މަޣުފިރަތަށް އެދި ހެޔޮ ޢަމަލުތައް އިތުރުކުރުމަށް މަސައްކަތް ކުރުމަށް އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން