ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް
ރައީސް ޔާމީންގެ ސަރުކާރުގައި ޢިމާރާތްކުރަންފެށި ކިންގް ސަލްމާން މިސްކިތް ހުޅުވުން ފަސްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މާލޭގެ މަލަމަތި ބަދަލުކޮށްލަދޭ ރީތި ބިނާއެއްކަމަށްވާ ކިންގ ސަލްމާން މިސްކިތަކީ 2018 ވަނަ އަހަރުގެ ޖެނުއަރީމަހު އިމާރާތްކުރަން ފެށި މިސްކިތެކެވެ. މިސްކިތް ހުޅުވުމާއި ގުޅޭގޮތުން މީގެ ކުރިން ރައީސް ޞާލިހު ވިދާޅުވީ ކުރިއަށް އޮތް ރޯދަމަހު މިސްކިތް ބޭނުންކުރަން ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، މި ރޯދަމަހުވެސް ސަލްމާން މިސްކިތް ނުހުޅުވޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ ސަލްމާން މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ސަޢުދީ ސަރުކާރުން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޯވިޑް-19 އާ ގުޅިގެން ސަޢުދީން ވަޑައިގަންނަވާ ބޭފުޅުންގެ ދަތުރު ފަސްވެފައިވާތީ މި ރަމަޟާން މަހަށްވެސް މިސްކިތް ނުހުޅުވޭނެ ކަމަށް އެ ބަޔާނުގައިވެއެވެ. މީގެ އިތުރުން ސަލްމާން މިސްކިތުގައި ޤާއިމު ކުރަންޖެހޭ އިތުރު ވަސީލަތްތައް ޤާއިމް ކުރުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ކިންގް ސަލްމާން މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާ އެކު އެވެ. މި ރަމަޟާން މަހަށް އެ މިސްކިތް ހުޅުވުމަށް މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް އިންތިޚާބު ވެފައިވާ ޑރ. މުޢިއްޒު ވެސް ވަނީ ގޮވާލަށްވާފައެވެ.

6 ފަންގިފިލާއަށް ބިނާ ކުރާ ސަލްމާން މިސްކިތުގެ މައި އިމާރާތުގެ އުސްމިނުގައި 33.5 މީޓަރު ހުންނައިރު، މިސްކިތުގެ ވަށައިގެން ބިނާކުރާ 5 މުންނާރުގެ އުސްމިނުގައި 44 މީޓަރު ހުންނާނެއެވެ. އަދި ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތަކާއި، މިސްކިތުގެ ގޯތިތެރެ ހިމެނޭހެން، 9000 މީހުންނަށް އެއްފަހަރާ ބޮޑު ޖަމާޢަތުގައި ނަމާދުކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ޙުސޭނު

13-Apr-2021

ޢިސްލާމިކު މިނިސްޓަރު އިސްތިއުފާ ދެއްވާ. ޢޭރުން ތިމިސްކިތް ހުޅުވޭނީ.



ޓްރެންޑިން