އިލެކްޝަންސް ކޮމިޝަންގެ ވޯޓާބެހޭ މަރުކަޒު ސަރަޙައްދުގައި މިއަދު ހަމަނުޖެހުން ހިންގީ ޕީޕީއެމުން ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ދާދި ދެންމެއަކު ނެރެފައިވާ ބަޔާނެއްގައި ވަނީ، ލޯކަލް ކައުންސިލް އިންތިޚާބު 2021 ގެ ވޯޓު ގުނުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަންގައި ހިނގަމުން ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް ގޮސް އިލްކެޝަންސް ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ކުރިޔަ ނުދީ އެމަސައްކަތަށް ވަނީ މިއަދު ހުރަސްއަޅާފައި ކަމަށެވެ.
އަދި ޕީޕީއެމްގެ ފަރާތްތަކުން އެތަނުގައި ހަމަނުޖެހުން ހިންގައި ގަޔަށް އަތްލައި މާރާމާރީ ހިންގާފައި ވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެމްޑީޕީން ބުނީ އެކަމަކީ އެޕާޓިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ހަމަނުޖެހުން ހިންގި ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް އެންމެހާ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
އެމްޑީޕީން ވަނީ ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް ދެފުށް ފެންނަގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރުމުގެ ޖާގަ ދިނުމަށް ގޮވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ފާހަގަވެފައިވާ ބައެއް ދާއިރާތަކުގެ ވޯޓު ކަރުދާސްތައް މިއަދު މެންދުރުފަހު 1:30 ގައި އަލުން ގުނަން ފަށާނެ ކަމަށެވެ. ނަމަވެސް ގުނަނީ ކިތައް ފޮށި ކަމެއް އެކޮމިޝަނުން ހާމައެއް ނުކުރެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓާ ގުޅޭ ބައެއް ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮންކަހަލަ ޝަކުވާތަކެއް ކަމެއް އެކޮމިޝަނަކުން ނުބުނެއެވެ.
މިއަދު ހަމަނުޖެހުން ހިނގާފައިވަނީ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެމްޑީޕީއާއި ޕީޕީއެމްގެ ލީޑަރޝިޕްގެ އިސް ބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވުމުގެ ސަބަބުންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރ އަބްދުއް ރަޙީމް ޢަބްދުﷲ އާއި، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު