މިއަދު އެއްވެސް ވޯޓުފޮށްޓެއް ހުޅުވައިގެން އަލުން ގުނާފައި ނުވާނެ ކަމަށާއި، އެފަދަ އެކްސަސައިޒެއް ކުރުމަށް މަސައްކަތްވެސް ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ބެހެއްޓި 18 ފޮއްޓެއްގެ ނަތީޖާ އަލުން ގުނަން އުޅޭކަމަށް ސިޔާސީ ޕާޓީތަކުން ތުހުމަތުކުރި ނަމަވެސް މިއަދު އެއްވެސް ފޮއްޓެއް ހުޅުވައިގެން ވޯޓު ގުނުމަށް މަސައްކަތް ނުކުރާ ކަމަށެވެ.
ޝަރީފު ވިދާޅުވީ މިއަދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިންތިހާބީ މަރުކަޒަށް ދިޔަ އިރުވެސް އިދިކޮޅު ޕާޓީގެ ސަޕޯޓަރުން އެ ސަރަޙައްދުގައި ތިބި ކަމަށެވެ. އެހެންކަމުން އީސީން މަސައްކަތް ކުރީ މިއަދު ކުރިއަށްދަނީ ވޯޓު ފޮށިތައް އަލުން ގުނުން ނޫންކަން އެއްވެފައިވާ ފަރާތްތަކަށް ވިސްނައިދޭން ކަމަށް ޝަރީފް ވިދާޅުވިއެވެ.
އިންތިހާބާބެހޭ މައިމަރުކަޒު ހުންނަ ބާ ޖަމާލުއްދީން އިމާރާތުގައި ބޮޑެތި ހަމަނުޖެހުންތަކެއް މިއަދު ހިނގިއިރު، އެ ސަރަޙައްދުގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުގެ އިތުރުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ދެޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންވެސް ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު