ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އައްޑޫ ސިޓީ މޭޔަރުކަމަށް އިންތިޚާބުވި ޢަލީ ނިޒާރަށް މަރުޙަބާ ކިޔައިފިއެވެ.
ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ނިޒާރު ކާމިޔާބު ހޯއްދެވީ އޭނާއާއި ވާދަ ކުރެއްވި ކެނޑިޑޭޓުގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯއްދަވައިގެންނެވެ.
ޗައިނާ އެމްބަސީން ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ހިންގުމާއި ހަވާލުވެ ހުންނެވި ޔޫ ޒުއެންގް މުއިއްޒަށް ފޯނުން ގުޅުއްވާ ނިޒާރު ހޯއްދެވި ކާމިޔާބަށް މަރުހަބާ ވިދާޅުވެފައިވާ ކަމަށެވެ. އަދި މި ފޯން ކޯލްގައި ޗައިނާއާއި އައްޑޫ ސިޓީ ކައުންސިލާއި ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަށްފައިވާ ކަމަށް ޗައިނާ އެމްބަސީން ވަނީ ބުނެފައެވެ.
ޢަލީ ނިޒާރު ވަނީ އިންތިޚާބުގައި ވޯޓްލީ މީހުންގެ 62 އިންސައްތަ ވޯޓް ހޯއްދަވައިފައެވެ. އެ މަނިކުފާނަށް 7439 ވޯޓް ލިބިވަޑައިގެންނެވިއިރު ޕީޕީއެމް އިން ވާދަކުރެއްވި ލަތީފަށް ލިބިވަޑައިގަތީ 4226 ވޯޓެވެ.

Chargé d'Affaires ad interim Yu Xueyong of the Chinese Embassy in Maldives made a congratulatory phone call to Mr. Ali Nizar @DhekunuNizar, mayor-elect of Addu City. Both look forward to strengthening exchanges and cooperation in various fields in the future.
— Chinese Embassy in Maldives (@ChinaEmbassyMV) April 15, 2021
ޢަލީ ނިޒާރު ވަނީ އިންތިޚާބުގައި ވޯޓްލީ މީހުންގެ 62 އިންސައްތަ ވޯޓް ހޯއްދަވައިފައެވެ. އެ މަނިކުފާނަށް 7439 ވޯޓް ލިބިވަޑައިގެންނެވިއިރު ޕީޕީއެމް އިން ވާދަކުރެއްވި ލަތީފަށް ލިބިވަޑައިގަތީ 4226 ވޯޓެވެ.
ކިޔުންތެރިންގެ ހިޔާލު