އެމްއެންޑީއެފްގެ ލީޑަރޝިޕް
އެމްއެންޑީއެފްގެ ލީޑަރޝިޕް
އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ވަކިކޮށްފައިވާ ކުރީގެ ލެފްޓިނެންޓް އަހުމަދު ފަޔާޒު (ޕާޕާ) ދެއްކެވި ވާހަކަތައް ގައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.

އެމްއެންޑީއެފުން ނެރެފައިވާ ބަޔާނެއްގައި ވަނީ، މިދިޔަ ބުދަ ދުވަހުގެރޭ އަމިއްލަ ޓީވީއެއްގެ ލައިވް ޕްރޮގްރާމެއްގައި އަޙްމަދު ފަޔާޒް ޢަލީ ރިޒާ ބައިވެރިވެ ވަޑައިގެން، އެ ޕްރޮގްރާމްގައި ދެއްކެވި ވާހަކައިގައި ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަށް އަރައި ފޭބުމުގައި އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށްބުނެ ދައްކަވާފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

އެގޮތުން އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަކީ އެމްއެންޑީއެފްގެ މުވައްޒަފުން ތިބޭ ތަނެއް ކަމަށާއި، އުތުރުތިލަފަޅަށް އަރައި ފޭބުމަށް ބޭނުން ވަނީ ހަމައެކަނި އެމްއެންޑީއެފްގެ ހުއްދަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ ޕްރޮގްރާމްގައި ޕާޕާ ވިދާޅުވެފައި ވަނީ އުތުރުތިލަފަޅަށް އެރޭނީ އިންޑިއާ ސިފައިންގެ ހުއްދަ ލިބިގެން ކަމަށެވެ.

އަދި ހަމައެހެންމެ ހދ. ހަނިމާދޫ އެއަރޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަޙައްދަށް އަރައި ފޭބުމަށް ބޭނުންވަނީ އެމްއެންޑީއެފްގެ ހުއްދަ ކަމުގައި ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އަޙްމަދު ފަޔާޒް ޢަލީ ރިޒާއަކީ ތަފާތު ގިނަ އަޚްލާޤީ މައްސަލަތަކެއްޖެހި، ސުލޫކީ މައްސަލަތަކެއްގައި 2015 ޑިސެންބަރު 17 ވަނަ ދުވަހު ސިފައިންގެ ކާނަލެއްގެ މަޤާމުން ކެޕްޓަނެއްގެ މަޤާމަށް ޑިމޯޓްކޮށްފައިވާ ބޭފުޅެއްކަމަށާއި އަދި 2016 ޖޫން 19 ވަނަ ދުވަހު ކެޕްޓަނެއްގެ މަޤާމުން ލެފްޓިނަންޓެއްގެ މަޤާމަށް ޑިމޯޓްކޮށް، "ޑިސްއޮނަރަބަލް ޑިސްޗާޖް" އެއްގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަމަށެވެ.

އުތުރުތިލަފަޅު އެއްބަސްވުމާ ބެހޭގޮތުން މީގެކުރިން އެންމެފާޅުކަންބޮޑު ގޮތެއްގައި ވާހަކަދައްކަވާފައިވަނީ ގައުމީ ދިފާޢީ ބާރުގައި ކުރިން މަސައްކަތް ކުރެއްވި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ. މިކަމާ ގުޅިގެން ކުރިންވެސް އެމްއެންޑީއެފުން ބުނީ އުތުރުތިލަފަޅު އެއްބަސްވުމާއި ބެހޭގޮތުން ހަގީގަތާ ޚިލާފު ވާހަކަދައްކަނީ ކުރިން އެމްއެންޑީއެފްގައި އުޅެ އެކި ސަބަބުތަކާހުރެ ކުރިއެރުން ނުލިބުމުން ހަސަދަވެރިވެގެން އުޅޭ ބައެއް ކަމަށެވެ.

އިންޑިއާގެ އަސްކަރިއްޔާއާއެކު ގައުމީ ސަލާމަތީ ބާރުން ހަދާފައިވާ އުތުރު ތިލަފަޅު އެއްބަސްވުމުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭފަދަ މާއްދާތަކެއް ހުރިކަމަށް ތުހުމަތުކޮށް އެ އެއްބަސްވުމުގެ ތަފުސީލު ހާމަކުރަން އިދިކޮޅުން ވެސް ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން