ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވޯޓު ލައްވަނީ
ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވޯޓު ލައްވަނީ
މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވޯޓު ބާތިލް ކޮށްފައިވަނީ ޤާނޫނުގައި ބުނާގޮތާ ޚިލާފަށް ކަމަށްބުނެ އެމައްސަލަ ކޯޓަށް ހުށައެޅުމަށް އެމްޑީޕީން ތައްޔާރުވެއްޖެއެވެ.

އެމްޑީޕީން ބާތިލް ވޯޓުތަކުގެ މައްސަލަ ކޯޓަށް ހުށައެޅުމަށް ނިންމާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ގެންދަނީ އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ އަންގާރަ ދުވަހު އިޢުލާނު ކުރުމަށް ތައްޔާރުވަމުންނެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށް ނިމިފައި ވަނީ ރޭގެ ވަގުތެއްގައެވެ.

މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ސެކްރެޓޭރިއަޓްގެ ބައްދަލުވުމުގައި ނިންމާފައިވަނީ ވޯޓެއް ބާތިލުވާނެ ކަމަށް ގާނޫނުގައި އޮތްގޮތާ ޚިލާފަށް ބައެއް ވޯޓުލާ މަރުކަޒު ތަކުގައި ވޯޓު ބާތިލްކޮށްފައިވާތީ އެ މައްސަލަތައް ކޯޓަށް ހުށައެޅުމަށެވެ. އެގޮތުން އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާގެ ގޮތުގައި ހުށައަޅާފައިވާ ފޮށިތަކުގެ ބާތިލް ވޯޓު އަލުން ގުނުމަށް ވީއެންމެ އަވަހަކަށް ކޯޓަށް ހުށައެޅުމަށް މިއަދު ވަނީ ނިންމާފައި ކަމަށް އިތުބާރު ހުރި މަސްދަރަކުން "ރަސް އޮންލައިން" އަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށައަޅާފައިވަނީ މާލޭގެ ހަ ދާއިރާއެއްގެ ބާތިލް ވޯޓު އަލުން ގުނުމަށެވެ. އަދި އެކަމާމެދު އިލެކްޝަންސް ކޮމިޝަނުން މިރޭ ގޮތެއް ނިންމާނެކަމަށް އެ ކޮމިޝަނުންވެސް ވަނީ ބުނެފައެވެ. ބޮޑަށް ބެލެވެނީ އެމްޑީޕީން ކޯޓަށް މައްސަލަ ހުށައަޅާނީ އީސީގެ ނިންމުމަށް ބެލުމަށް ފަހުގައި ކަމަށެވެ. އީސީން ބުނެފައިވަނީ އެކޮމިޝަނަށް 150 އަށް ވުރެ ގިނަ ޝަކުވާ އިންތިޚާބާއި ގުޅިގެން ހުށައަޅާފައިވާ ކަމަށެވެ.

އެމްޑީޕީން މިހާރު އީސީއަށް ހުށައަޅާފައިވާ މާލޭގެ ފޮށިތަކުގެ ބާތިލް ވޯޓު އަލުން ގުނައިފިނަމަ، އެ ވޯޓުން އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބޭނެ ކަމަށް އެޕާޓީން ޤަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


15

ފުރައްދެލޮނޮ

21-Apr-2021

މައްސަލައެއް އުޅޭކަމަށް ދެފަރާތުން ކުރެ ފަރާތަކަށް ގަބޫލް ކުރެވެންޏާ އެކަމެއް ބަލާފަ ޝައްކު ފިލުވާފަ ދާއިމީ ނަތީޖާ އިއުލާން ކުރަން ވާނީ.. އޭރުން ފަހުން ކިޔާނެ އެއްޗެއް ނޯންނާނެ



ޓްރެންޑިން