ކައުންސިލް އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށްދަނީ
ކައުންސިލް އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށްދަނީ
ތ. ގާދިއްފުއްޓާއި ލ. މާވަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިރޭ ވިދާޅުވީ ގާދިއްފުށްޓާއި މާވަށުގައި އަލުން ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި، އެގޮތުން ގާދިއްފުށީފައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ހަސަނާއި ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއާ ދެމެދު ކަމަށެވެ. އަދި މާވަށުގައި ކުރިއަށްގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓު އެކަނި ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެ ދެ ރަށަށް ނިސްބަތްނުވާ ބަޔަކު އިންތިހާބުގައި ވޯޓުލާފައިވާކަން ސާބިތުވާ ކަމަށެވެ. އަދި އިންތިޚާބާއި ގުޅިގެން އެކޮމިޝަނަށް 150 އަށް ވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން