އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އެމްޑީޕީން ޝަކުވާ ހުށައެޅި ހަފޮށި އަލުން ނުގުނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށައަޅާފައިވަނީ މާލޭގެ ހަ ދާއިރާއެއްގެ ބާތިލް ވޯޓު އަލުން ގުނުމަށެވެ. އަދި އެކަމާމެދު އިލެކްޝަންސް ކޮމިޝަނުން ނިންމިގޮތް ހާމަކޮށް މިރޭ އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އެމްޑީޕީން އަލުން ގުނުމަށް ހުށައެޅި 6 ފޮށި ނުގުނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ބާތިލް ވޯޓު އިތުރުވުމަކީ ވޯޓު ފޮށި އަލުން ގުނަންޖެހޭ ސަބަބެއްކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި ދެ ކެނޑިޑޭޓުންގެ މެދުގައިވާ ފަރަގަށްވުރެ ބާތިލް ވޯޓު އިތުރުވުމަކީވެސް ވޯޓުފޮށި އަލުން ގުނަންޖެހޭ ސަބަބެއް ނޫން ކަމަށާއި، ވޯޓު ބާތިލްވާގޮތް ޤާނޫނުގައި ކަނޑައަޅާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ ވޯޓެއް ބާތިލުވާނެ ކަމަށް ގާނޫނުގައި އޮތްގޮތާ ޚިލާފަށް ބައެއް ވޯޓުލާ މަރުކަޒު ތަކުގައި ވޯޓު ބާތިލްކޮށްފައިވާތީ އެ މައްސަލަތައް ކޯޓަށް ހުށައެޅުމަށް ނިންމާފައެވެ. އެމްޑީޕީން ބާތިލް ވޯޓުތަކުގެ މައްސަލަ ކޯޓަށް ހުށައެޅުމަށް ނިންމާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ގެންދަނީ އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ އަންގާރަ ދުވަހު އިޢުލާނު ކުރުމަށް ތައްޔާރުވަމުންނެވެ.

އެމްޑީޕީން މިހާރު އީސީއަށް ހުށައަޅާފައިވާ މާލޭގެ ފޮށިތަކުގެ ބާތިލް ވޯޓު އަލުން ގުނައިފިނަމަ، އެ ވޯޓުން އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބޭނެ ކަމަށް އެޕާޓީން ޤަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން