ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަަމަށް ޝިފްލާ އިބްރާހީމް އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަންގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވުމުންނެވެ. ބްރޮޑްކާސްޓިންގ ކޮމިޝަނަށް ޢައްޔަނު ކުރުމަށް ރައީސް ޞާލިހް މިފަހަރު މަޖިލީހަށް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ މ. ވެންކޫވާ، ފާތުމަތު ސައުޝަން އެވެ. ޝިފްލާގެ ނަން އޮތީ ދެވަނައިގަ އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަންކުރަން ރައީސް ފޮނުއްވި ހުރިހާ ބޭފުޅުންނާ ކޮމިޓީން މިއަދު ވަނީ އިންޓަވިއު ކޮށްފަ އެވެ. އަދި ޝިފްލާ އަށް ރުހުން ދޭން ފާސްކުރީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ޝިފްލާ ގެ ނަން ކޮމިޓީން ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމުން ވަނީ އޭނާ އަށް ރުހުން ނުދީފަ އެވެ.

ފަސް އަހަރުގެ ދައުރަކަށް އެކުލަވާލާ ބްރޯޑްކޮމްގެ މިދައުރުގެ ރައީސް އަކީ މަރިޔަމް ވަހީދާ އެވެ. އަދި ކޮމިޝަންގެ ނައިބް ރައީސަކީ އަހުމަދު ގައިސް އެވެ. ކޮމިޝަންގައި ތިއްބެވި އިތުރު މެންބަރުންނަކީ އަލީ ޔޫސުފު، އައިމިނަތު އަމީނާ، އަމްޖަދު ވަހީދުގެ އިތުރުން މުހައްމަދު ފަޒީނެވެ. މި ކޮމިޝަނުގައި ހަތް މެންބަރުން ތިއްބަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން