ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދަނީ
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދަނީ
ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާއިން ލ. މާބައިދޫ ކައުންސިލްގެ ގޮނޑި އިދިކޮޅު ޕީޕީއެމުން ކަށަވަރު ކޮށްފައި ވަނިކޮށް، ވޯޓު އަލުން ގުނައި އެމްޑީޕީ ކެންޑިޑޭޓަށް ގޮނޑި ކަށަވަރު ވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ އެދާއިރާގެ ތިން ފޮށްޓެއްގެ ބާތިލް ވޯޓު އަލުން ގުނާފައެވެ.

އަލުން ވޯޓު ގުނުމުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ވިސާމަށް ކުރި ލިބުނީ އެއް ވޯޓުގެ ތަފާތުންނެވެ. މާބައިދޫ ކައުންސިލް ރައީސް ކަމުގެ ގޮނޑި މީގެ ކުރިން ކަށަވަރު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން އާދިލެވެ. ވޯޓު އަލުން ގުނި އިރު، އާދިލަށް ލިބުނީ 279 ވޯޓެެވެ. އަދި ވިސާމަށް ލިބުނީ 280 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވަނީ ނަތީޖާއަށް އަސަރު ކުރާފަދަ ޝަކުވާއެއް ފާހަގަވެފައި ނެތް ކަމަށެވެ. ނަމަވެސް ފަހުން ބޭއްވި ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީން ވަނީ 10 ވޯޓަށް ވުރެ ފަރަގު ކުޑަ ފޮށިތަކުގެ ވޯޓު އަލުން ގުނާނެ ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން