މާލޭ ސިޓީގެ މޭޔަރު ކަމަށް އިންތިޚާބުވި ޑރ. މުޙައްމަދު މުޢިއްޒު
މާލޭ ސިޓީގެ މޭޔަރު ކަމަށް އިންތިޚާބުވި ޑރ. މުޙައްމަދު މުޢިއްޒު
މާލޭގެ މަގުތަކަކީ އަމާން މަގުތަކަކަށް ހެދުމަށް ވަރަށް އިސްކަން ދެއްވާނެ ކަމަށް މާލޭ ސިޓީގެ އިންތިޚާބީ މޭޔަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިރޭ ވިދާޅުވީ މާލޭގެ މަގުމައްޗަކީ އަމާން މަގު ތަކަކަށް ހެދުމަށް، ވަރަށް އިސްކަން ދީގެން ކަމާބެހޭ އެންމެހާ ފަރާތްތަކާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަކީ ސިޓީ ކައުންސިލުން އިސްކަން ދޭނެ ކަމަކަށް ހައްދަވާނެ ކަމަށެވެ.



ޑރ. މުޢިއްޒު މިމޭރުމުން މާލޭ ސިޓީގެ ރައްޔިތުންނަށް އުއްމީދު ދެއްވާފައިވަނީ، މާލޭގެ ކާރޫބާރޫ ބޮޑު މަގަކުން ހިނގާފައި ދިޔަ އަންހެން ކުއްޖަކު "އުފުރާލައިގެން" ގެންގޮސް އަނދިރި ގޯޅިގަނޑަކަށް ވެއްދި މައްސަލާގައި މާލޭ ސިޓީ ރައްޔިތުން އިންތިހާއަށް ކަންބޮޑު ވެފައިވާ ދަނޑިވަޅެއްގައެވެ. އެއްވެސް ބިރެއް ޖެހިލުމެއް ނެތި އެންމެންގެ ކުރިމަތީގައި އަންހެންކުއްޖަކު "އުފުރާލައިގެން" ދަމާ ކޫއްތާފައި ގެންގޮސް، ޒުވާން ދެފިރިހެނުން ވެގެން ގޯޅިގަނޑަކަށް ވެއްދީ ރަހުމުގެ ކަންފުޅެއް ވެސް ނެތިއެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ. މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި އެ މީހުންގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވުމުން، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ ދެ މީހުން އިތުރު 10 ދުވަހު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން