ހިޔާ ފްލެޓްތައް
ހިޔާ ފްލެޓްތައް
މާލެއިން ފްލެޓް ދިނުމަށް 14 ބުރީގެ ދެ ޓަވަރު އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިޢުލާނުކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކޮށްފައިވާ އިޢުލާނެއްގައި ވަނީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓް އެޅުމަށްޓަކައި ފުރަތަމަ އިމާރާތް އެޅުމަށް 231،073.78 އަކަފޫޓުގެ ބިމެއް މާލޭގެ ބްލޮކް ނަމްބަރު 307 ގައި ހަމަޖެހިފައިވާ ކަމަށާއި، ދެވަނަ އިމާރާތް އެޅުމަށް ހަމަޖެހިފައި ވަނީ މާލޭގެ ބްލޮކް ނަމްބަރު 319 ގައި އޮތް 173،229.56 އަކަފޫޓުގެ ބިމެއްގައި ކަމަށެވެ.

މި ދެ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދިވެހި ކުންފުނިތަކުން 500،000 ރުފިޔާ އަދި ބޭރުގެ ކުންފުނިތަކުން 100،000 ޑޮލަރު ދައްކަން ޖެހޭ ކަމަށާއި، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ރަޖިސްޓްރީ ވުމަށް އެ ކޯޕަރޭޝަނުން ވަނީ އަންގަވާފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފައިވަނީ، ފްލެޓް އެޅުމަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު މިއަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން