އޯޑީ މައްސަލަ ދިރާސާ ކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީ
އޯޑީ މައްސަލަ ދިރާސާ ކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީ
މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފައިސާ ޗާޕު ކުރުމަށް ނުވަތަ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް މިދިޔަ އަހަރު ދިން ހުއްދަ އެއް އަހަރަށް އިތުރު ކުރުމަށް ޚާއްސަ ޖަލްސާއެއް މާދަމާ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް މިދިޔަ އަހަރު ދިން ހުއްދަ އެއް އަހަރަށް އިތުރު ކުރުމަށް މަޖިލީހުގެ ވަގުތީ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. މި ނިންމުން މާދަމާ އޮންނަ މަޖިލީހުގެ ޚާއްޞަ ޖަލްސާއަށް ހުށަހެޅުމަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ. މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީވެސް އެ މައްސަލަ އެކަންޏެވެ. ކޮމިޓީގެ ނިންމުމަށް ޢަމަލު ކުރެވޭނީ މާދަމާގެ ޖަލްސާގައި އެކަން މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

މިކަމަށް އެކުލަވާލި ވަގުތީ ކޮމިޓީން ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެމްއެމްއޭގެ އިސް ބޭފުޅުންގެ އިތުރުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ކޮމެޓީއަށް ހާޒިރުކޮށް މަޝްވަރާކޮށްފައެވެ.

ދަރަނި ނެގުމާއި ހައްދެއް ނެތި އެމްއެމްއޭއިން އޯވަޑްރޯ ކުުރުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިން އޮންނަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން ސަރުކާރުން މިދިޔަ އަހަރު ވަނީ އެ މާއްދާތައް ސަސްޕެންޑްކޮށް، 4.4 ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށް ހުށައަޅާފައެވެ. އެ ހުއްދަ މަޖިލީހުން އޭރު ވަނީ އެއްއަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދީފައެވެ. އެ މުއްދަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ހުއްދައިގެ މުއްދަތު އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައަޅާފައިވަނީ މުއްދަތު ހަމަވާން ކައިރިވިއިރު ވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅު ނުވާކަމަށް ބުނެ އެވެ. މިދިޔަ އަހަރު 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓް ފެސިލިޓީއެއްގެ ހުއްދަ ދީފައިވާއިރު މިހާތަނަށް 3.8 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ޗާޕުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން