އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވަކި ގޮތަކަށް ވޯޓުގެ ނަތީޖާ ކަނޑައެޅިފައި ނުވާ ހަ ދާއިރާއެއްގެ އިންތިޚާބު މޭ 1 ގައި ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޙްމަދު ޝަރީފް ވިދާޅުވީ، ނިމިގެންދިޔަ ކައުންސިލް އިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އިންތިޚާބު ކަމަށާއި، އެ އިންތިޚާބުގައި ސާޅީސް ހާހަށް ވުރެ ގިނަ ނަތީޖާ ޝީޓް ވެރިފައިކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ކޮމިޝަނަށް ހުށައެޅުނު ޝަކުވާތަކާ ގުޅިގެން ދެ ދާއިރާއެއްގައި އަލުން ވޯޓުލުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ޝަކުވާތަކާ ގުޅިގެން އިންތިހާބު އަލުން ބާއްވަން ނިންމާފައި ވަނީ ލ. މާވަށާއި ތ. ގާދިއްފުށީގައެވެ.

އަދި ނަތީޖާ އެއްވަރު ވެގެން އިންތިހާބު އަލުން ބާއްވަން ނިންމާފައިވަނީ، ހއ. ތަކަންދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައި ވާ ގޮނޑި އާއި، ބ. ކިހާދޫ ކައުންސިލް މެންބަރުގެ ގޮނޑި އާއި، މ. ރަތްމަންދޫ ކައުުންސިލް ރައީސްގެ ގޮނޑީގެ އިތުރުން ފ. ދަރަނބޫދޫ އަންހެނުންނަށް ހާއްސަ ކޮށްފައި ވާ ގޮނޑި އެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވެސް 6 ދާއިރާއެއްގެ ވޯޓުލުން އަލުން ބާއްވަން ވަނީ ނިންމާފައެވެ.

ޝަރީފް ވިދާޅުވީ ކައުންސިލް އިންތިޚާބުގައި 186،253 މީހުން ވޯޓު ލާފައިވާ ކަމަށާއި، އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 68.19 އިންސައްތަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން