އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް
އިދިކޮޅު ކޯލިޝަންގެ މެންބަރުން އުޅެނީ "ޖޭ" ވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފައިސާ ޗާޕު ކުރުމަށް ނުވަތަ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް މިދިޔަ އަހަރު ދިން ހުއްދަ އެއްއަހަރަށް އިތުރު ކުރުމަށް މިއަދު ބާއްވަމުންދާ ޚާއްސަ ޖަލްސާގައި މެމްބަރު ރޮޒޭނާ ވިދާޅުވީ، މި ސަރުކާރުގެ މާލީ ހިންގުމާމެދު އިދިކޮޅު މެމްބަރުން ވާހަކަ ދައްކަވަނީ "ޖޭ" ވެގެން ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އުންމީދު ކުރި ގޮތަށްވުރެ ރަނގަޅަށް މި ސަރުކާރުން ކޮވިޑް މެނޭޖް ކޮށްފައިވާތީ އެކަމާ އިދިކޮޅު މެމްބަރުން "ޖޭ" ވާކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ހަމަ އެއާއެކު ކޯވިޑްގެ މިދުވަސްވަރު ސަރުކާރުން ރައްޔިތުންނަށް ދެމުންއައި ޚިދުމަތްތަކާއި، ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާތީ އިދިކޮޅު މެންބަރުން "ޖޭ" ވާ ކަމަށް ރޮޒޭނާ މިއަދު ވަނީ ވިދާޅުވެފައެވެ.

ރޮޒޭނާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން "ޖޭ" ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ މި ސަރުކާރުން ބަލަމުން ނުދާތީ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވަނީ، ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް މިދިޔަ އަހަރު ދިން ހުއްދައިގެ މުއްދަތު އެއްއަހަރަށް އިތުރު ކުރުމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފަ އެވެ. މި ގޮތަށް ފާސްކޮށްފައިވަނީ 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި ހުށައެޅުން ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން