ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ
އެސައިންމަންޓްގެ ވިޔަފާރި ހުއްޓުވުމަށް މުހިއްމު އިސްލާޙުތަކެއް ހިމަނައި މަތީ ތަޢުލީމުގެ ބިލް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 36 ވަނަ ޖަލްސާގައި އެ ބިލް ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ. ސަރުކާރުގެ ފަރާތުން އެ ބިލް ހުށައަޅުއްވާފައި ވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

މި ބިލްގައި ވަނީ، މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އެ ދަރިވަރު ފުރިހަމަކުރަންޖެހޭ އެސައިންމަންޓެއް އަމިއްލައަަށް އަގު ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި ކުރުމަކީ ކުށެއް ކަމަށެވެ. އެފަދަ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

މީގެއިތުރުން ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހެއް ލައްވައި އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވުމަކީ ކުށެއް ކަމަށާއި، އެ ކުށުގެ އަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާ ކުރަން ވަނީ ހިމަނާފަ އެވެ.

ރާއްޖޭގައި އެހެން މީހުން ލައްވައި އެސައިންޓްމަންޓް ހެދުން އާންމުވެ މަތީ ތައުލީމުގެ ފެންވަރު ދަށްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ވަނީ ފާޅުކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން