އެޑެކްސެލް އިން ވަކިގޮތެއް އަންގަންދެން އޭލެވެލް އިމްތިހާނު ކުރިއަށް ދާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަ ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިހާރު ކުރިއަށްދާ އޭލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި، ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައި ހުރި އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ ސުކޫލްތަކުގައި ކުރިއަށްދާ ކަމަށެވެ.
އަދި އޭލެވެލްގެ ސުވާލު ކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައި ނުވާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އިމްތިހާނުގެ ބައެއް ސުވާލު ކަރުދާސްތައް ބައެއް އޮންލައިން ޕްލެޓްފޯމްތަކުން ލީކުކުރަމުންދާ މައްސަލަ އެޑެކްސެލްއިން ބަލަމުން ދާ ކަމަށް ވެސް އިއުލާނުގައިވެއެވެ.
ޕޭޕަރުތައް ލީކްވުމާ ގުޅިގެން ވަކި ގޮތަކަށް ކަންތައް ކުރަން އެޑެކްސެލް އިން އަންގަންދެން މިހާރު ތާވަލު ކުރެވިފައިވާ ގޮތަށް އޭލެވެލް އިމްތިހާނު ކުރިއަށް ދާނެ ކަމަަށް މިނިސްޓްރީން ބުނެފައިވެއެވެ.
އޭއެސް/އޭލެވެލްގެ ޕޭޕަރުތައް ބައެއް ދަރިވަރުން ގެންގުޅެމުންދާއިރު މި ޕޭޕަރުތަކުގެ ކޮޕީ އެކި ވައިބަރ ގުރޫޕްތަކާއި ސޯޝަލް މީޑިއާ ފްލެޓްފޯމްތަކުގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އޭލެވެލް އިމްތިޙާނުގެ ފިޒިކްސް ޕޭޕަރު އިއްޔެ ލީކް ވެފައިވާއިރު މިއަދު ވަނީ ބައޮލޮޖީ ޕޭޕަރ ލީކްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު