މިހާރު ކުރިއަށްދާ އޭލެވެލް އިމްތިހާން އިތުރަށް ކުރިއަށް ނުގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ.
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިހާރު އޭލެވަލް އިމްތިޙާން ހަދަމުންދާ ދަރިވަރުންނަށް ދެ އޮޕްޝަނެއް އެބައޮތް ކަމަށެވެ. އެގޮތުން ފުރަތަމަ ގޮތަކީ އޮކްޓޯބަރ / ނޮވެމްބަރ ގައި އޮންނަ އޭލެވަލް އިމްތިޙާނުގައި ބައިވެރިވުން ކަމަށާއި، ދެވަނަ ގޮތަކީ ސްކޫލްތަކުންދޭ ޓީޗަރ ބޭސްޑް އެސެސްމަންޓް ހެދުން ކަމަށެވެ. އަދި ޓީޗަރ ބޭސްޑް އެސެސްމަންޓަށް އެޑެކްސެލް އިން މާރކްސް ދޭނެ ކަމަށް އެޑިއުކޭޝަނުން ބުނެފައި ވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު މިހާރު ކުރިއަށްދާ އޭލެވެލް އިމްތިޙާނުގެ ގިނަ މާއްދާތަކެއްގެ ޓެސްޓް ޕޭޕަރުތަކެއް ލީކުވެފައިވާތީ އިމްތިޙާން ކެންސަލްކުރުމަށް ގޮވާލާ ބެލެނިވެރިންތަކެއް މިއަދު ވަނީ އިޙްތިޖާޖެއްވެސް ކޮށްފައެވެ.
މިދިޔަ ހަފުތާގައި ބާއްވަން އޮތް ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރު އިމްތިހާން ފެށުމުގެ ގަޑިއެއްހާ އިރު ކުރިން ވަނީ ލީކުވެފައެވެ. އަދި މިއަދު މެންދުރު 1:30ގައި ބާއްވަން ހަމަޖެހިފައިވާ ކެމިސްޓްރީ ޕޭޕަރުވެސް ވަނީ ޓެސްޓް ފެށުމުގެ ކުރިން ލީކުވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕޭޕަރުތައް ލީކުވީ ރާއްޖޭގެ ސެންޓަރަކުން ނޫން ކަމަށާއި ޕޭޕަރުތައް ލީކުވީ ބައެއް ގައުމުތަކުގައި އިމްތިހާނު ހަދާ ވަގުތާއި ރާއްޖޭގައި އިމްތިހާނު ހަދާ ވަގުތުގައި ތަފާތުތަކެއް ހުރުމުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު