ޢަދުލު އިންސާފަކީ ރާއްޖެތެރެއިން މާލެ ފައިބައިގެން އުޅޭ މީހުންނަށް އޮތް ހައްޤެއްނޫން ކަމަށް ވިދާޅުވެ ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން ޙަވާލުކުރި އެސްޖޭ ކޮންސްޓްރަކްޝަނުން ސަރުކާރަށް ފާޑުކިޔައިފިއެވެ.
އެސްޖޭ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ޝިހާދު އިބްރާހިމް މިއަދު ވިދާޅުވީ، މަންދު ކޮލެޖު އެގުރިމެންޓް ބާތިލު ކުރީ އެޑިއުކޭޝަން މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ސްކޫލް ހިންގުމުގެ ހުއްދަނުދީ ހިފެހެއްޓުމަށް ފަހު، ސްކޫލް ނުހިންގި ކަމަށްބުނެ ކަމަށެވެ. ނަމަވެސް ދަޢުލަތުން ވަނީ މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލު ދިނުމަށް އެއްބަސް ވެފައެވެ.
ޝިހާދު ވިދާޅުވީ، ޒިކުރާ މިސްކިތް ޢިމާރާތް ކުރުމަށް އެސްޖޭއާއި ޙަވާލު ކުރުމަށްފަހު މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ގޯތީގެ މިންތައް އެނގޭނެ ޗާޓް ނުވަތަ ގޯތީގެ ރަޖިސްޓްރީ ފޯރުކޮށް ދީފައި ނުވާ ކަމަށެވެ. ނަމަވެސް ޒިކްރާ މިސްކިތުގެ އެގްރިމެންޓް ބާތިލުކުރީ ހުށައަޅަންޖެހޭ މުއްދަތުގައި ކުރެހުން ހުށަނޭޅިކަމަށް ބުނެ ކަމަށާއި އެކަމާ ގުޅިގެން އެ ކުންފުންޏަށް ލިބުނު ގެއްލުމަށް ބަދަލު ލިބިފައި ނުވާ ކަމަށެވެ.
"ދެމައްސަލާގެ ވާގިއާތަށް އެއްގޮތް. އިންސާފު ލިބުނީ އެކަކަށް. އަދުލު އިންސާފަކީ ރާއްޖެތެރެއިން މާލެ ފައިބައިގެން އުޅޭ މީހުންނަށް އޮތް ހައްޤެއްނޫން ދެއްތޯ؟" ޝިހާދު ވިދާޅުވެފައިވެއެވެ.
ޝިހާދު ވަނީ އެ ޓުވީޓާއި އެކު، މާލެ ސިޓީ ކައުންސިލުން ޒިކުރާ މިސްކިތުގެ ބިމާ ގުޅޭގޮތުން ދީފައިވާ ޖަވާބެއްވެސް ހިއްސާ ކުރައްވާފައެވެ. އެ ސިޓީގައި ވަނީ ޒިކުރާ މިސްކިތް ހުރި ބިމުގެ ރެޖިސްޓްރީއެއް އެއްވެސް އިރަކު ހެދިފައި ނުވާކަމަށް ބުނެފައެވެ.
އެގްރީމެންޓް އުވާލި މައްސަލާގައި އެސްޖޭ އިން ބަދަލު ހޯދުމަށް ދަޢުވާ ކުރުމުން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެއްބަސްވުމާ އެއްގޮތަށް އެސްޖޭއިން އަމަލުކޮށްފައި ނުވާކަން އެނގޭ ކަމަށާއި އެހެންކަމުން އެއްބަސްވުން އުވާލުމުގެ ނޯޓިސް ފޮނުވީ ގާނޫނާ ހިލާފަށް ކަމުގައި ކަނޑަ ނޭޅޭނެ ކަމަށެވެ. އަދި އެސްޖޭ އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ 111 މިލިއަން ރުފިޔާ ނަގައިދެވެން ނެތް ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު އިމްތިޔާޒް ފަހުމީވެސް ވަނީ ދައުލަތުން ބަދަލު ދިނުމުގައި އެކި މީހުންނަށް އެކި ގޮތަށް ޢަމަލު ކުރަމުންދާކަމަށް ތުހުމަތު ކުރަށްވާފައެވެ.

ކުރެހުން ހުށައަޅަންޖެހޭ މުއްދަތުގައި ހުށަނޭޅިކަމަށް ބުނެ ޒިކްރާ މިސްކިތުގެ އެގްރިމެންޓް ބާތިލުކުރި.
— Shihad Ibrahim (@shihadSJ) May 3, 2021
ދެމައްސަލާގެ ވާގިއާތަށް އެއްގޮތް. އިންސާފު ލިބުނީ އެކަކަށް.
އަދުލު އިންސާފަކީ ރާއްޖެތެރެއިން މާލެ ފައިބައިގެން އުޅޭ މީހުންނަށް އޮތް ހައްޤެއްނޫން ދެއްތޯ @presidencymv ؟ 2/2
ޝިހާދު ވަނީ އެ ޓުވީޓާއި އެކު، މާލެ ސިޓީ ކައުންސިލުން ޒިކުރާ މިސްކިތުގެ ބިމާ ގުޅޭގޮތުން ދީފައިވާ ޖަވާބެއްވެސް ހިއްސާ ކުރައްވާފައެވެ. އެ ސިޓީގައި ވަނީ ޒިކުރާ މިސްކިތް ހުރި ބިމުގެ ރެޖިސްޓްރީއެއް އެއްވެސް އިރަކު ހެދިފައި ނުވާކަމަށް ބުނެފައެވެ.
އެގްރީމެންޓް އުވާލި މައްސަލާގައި އެސްޖޭ އިން ބަދަލު ހޯދުމަށް ދަޢުވާ ކުރުމުން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެއްބަސްވުމާ އެއްގޮތަށް އެސްޖޭއިން އަމަލުކޮށްފައި ނުވާކަން އެނގޭ ކަމަށާއި އެހެންކަމުން އެއްބަސްވުން އުވާލުމުގެ ނޯޓިސް ފޮނުވީ ގާނޫނާ ހިލާފަށް ކަމުގައި ކަނޑަ ނޭޅޭނެ ކަމަށެވެ. އަދި އެސްޖޭ އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ 111 މިލިއަން ރުފިޔާ ނަގައިދެވެން ނެތް ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު އިމްތިޔާޒް ފަހުމީވެސް ވަނީ ދައުލަތުން ބަދަލު ދިނުމުގައި އެކި މީހުންނަށް އެކި ގޮތަށް ޢަމަލު ކުރަމުންދާކަމަށް ތުހުމަތު ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު