ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް (ވ). އާއި ރައީސްގެ ލީގަލް ކައުންސެލް އަޙްމަދު ޢަބްދުﷲ އަފީފް (ކ).
ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް (ވ). އާއި ރައީސްގެ ލީގަލް ކައުންސެލް އަޙްމަދު ޢަބްދުﷲ އަފީފް (ކ).
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައީސްގެ ލީގަލް ކައުންސެލް އަޙްމަދު ޢަބްދުﷲ އަފީފް ހެއްދެވީ އިތުރުފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ، ދައުލަތުން ގެއްލުން ލިބިފައިވާ މީހުންނަށް ބަދަލު ދޭން ޖެހޭއިރު އެކަމަށް ގާނޫނެއް މުހިންމު ކަމަށެވެ. އަދި މަދަނީ އިޖުރާއަތުގެ ބިލް ސަރުކާރުގެ ފަރާތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހަށް ފޮނުވި ނަމަވެސް އެ ބިލް އޮތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މަޑުޖެހިފައި ކަމަށް އަޙްމަދު ވިދާޅުވިއެވެ.

އަޙްމަދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ، އެޓަރނީ ޖެނެރަލް މަޖިލީހަށް ފޮނުވާފައިވާ މަދަނީ އިޖުރާޢަތުގެ ބިލް ކުޑަކޮށް ކިޔާލާފައި ހުރި ނަމަވެސް އުސްތާޛު އަޙްމަދު އެފަދަ ވާހަކައެއް ނުދައްކަވާނެ ކަމަށެވެ. އަދި މަޖިލީހުގައި ބިލް ނުނިމި ލަސްވާ ސަބަބު ރައީސްގެ ލީގަލް ކައުންސެލަށް އެނގިވަޑައިނުގެން އޮތުމަކީ ލަދުވެތި ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން އުޝާމް ވިދާޅުވީ، "މީ ހަމަ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.



މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މަދަނީ އިޖުރާތުގެ ބިލް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވަނީ ވަކިވަކި ބާބުތަކަށް ކަމަށާއި އެއީ ބިލްތައް މަޖިލީހަށް ފޮނުވަންޖެހޭ ގޮތް ކަމުގައި ގަބޫލު ނުކުރާ ކަމަށެވެ. އޭގެ ސަބަބުން ބިލް ދިރާސާ ކުރުމަށް އުނދަގޫވުމުގެ ސަބަބުން ބިލް އަނބުރާ ފޮނުވާލަން ނިންމި ކަމަަށް އިންތި ވިދާޅުވިއެވެ.

މަދަނީ އިޖުރާތުގެ އަސްލު ފުރިހަމަ ބިލު މަޖިލީހަށް ލިބުނީ އަހަރެއް ފާއިތުވެގެން ދިޔަ ފަހުން ކަމަށް އިންތި ވިދާޅުވިއެވެ. އެގޮތުން ބިލު ލިބުނީ 4 ނޮވެމްބަރު 2020 ގައި ކަަމަށާއި އެއީ މަޖިލީހުން ބަޖެޓުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ކަން އިންތި ވަނީ ފާހަގަކުރައްވާފައެެވެ.

ސަރުކާރުގެ އިސްވެރިންތަކެއްގެ މަސްލަޙަތު ހިމެނޭ މަންދު ކޮލެޖަށް ބަދަލު ދިނުމުގެ މައްސަލާގައި މުޅި ސަރުކާރު ދިފާޢަށް ކުޅެން ފަށާފައި ވާއިރު ރައީސްގެ ލީގަލް ކައުންސެލް އަކީވެސް މަންދު ކޮލެޖްގެ ޗެއަރމަން އިބްރާގެ "ޅިޔަނެއް" ކަމަށް ވެސް މިއަދު އިންތި ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން