ކާޑެއްދޫ އެއާޕޯޓް ވިލާއަށް ދޭން ކުރިހުކުމަށް ސުޕްރީމް ކޯޓުން މިއަދު ތާއިދުކޮށްފިއެވެ.
ކާޑެއްދޫ އެއާޕޯޓު ހިންގުން 2013 ވަނަ އަހަރު 50 އަހަރަށް ވިލާ އެއާ ކުންފުންޏަށް ދީފައި ވަނިކޮށް ޖެނުއަރީ، 2017 ގައި އެތަނުގެ އެއްބަސްވުން ބާތިލްކޮށް، ރައީސް ޔާމިންގެ ސަރުކާރުން ވަނީ އެއާޕޯޓް އަތުލާފައެވެ. އެއާޕޯޓް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ވަނަ އަހަރު ކުރި ހުކުމަށް ހައި ކޯޓުން 2019 ވަނަ އަހަރު ވަނީ ތާއިދުކޮށްފައެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފްކުރުމުން ސްޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވިލާއިން އަމަލު ކުރަމުން ނުދާ ކަން ސާބިތު ކުރަން ދައުލަތުން ހުށަހެޅި ލިޔެކިއުންތަކަކީ އެކަން ސާބިތު ކުރަން އެކަށޭނަ ލިޔުންތަކެއް ނޫން ކަމަށެވެ. ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހުށައެޅި ބައެއް ރިޕޯޓްތަކަކީ، ވިލާގެ ވާދަވެރިއެއް ކަމުގައިވާ އައިލެންޑް އޭވިއޭޝަނުން އުފައްދާފައިވާ ރިޕޯޓެއް ކަމަށާއި، ރަންވޭގެ ފެންވަރެއް ނެތް ކަމަށް ދައުލަތުން ބުނެފައިވާއިރު އެއާޕޯޓަށް ފްލައިޓްތައް ޖައްސަމުންދާތީ އެ ލިޔެކިއުންތަކާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އޮތް ކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން ދައުލަތުން ޝަރީއަތަށް ހުށައެޅި ލިޔެކިޔުންތަކުން އެކަން ޝަރީއަތަށް ސާބިތު ކުރެވިފައި ނުވާތީ، އެކަން އެ ގޮތަށް ދިޔަ ކަމަށް ޝަރީއަތަށް ބަަލައިގަނެވެން ނެތްކަމަށް ހުކުމް އިއްވަވަމުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއުދޫ ވިދާޅުވިއެވެ.
ހުކުމް އިއްވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ވިލާއަށް ލިބިގެންވާ ކަމަށެވެ. އަދި ވަކި މައްސަލައެއްގެ ގޮތުގައި ވިލާއިން ޝަރީއަތުގައި ދައުލަތުގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް ސުއޫދު ނިންމެވިއެވެ. އެހެންކަމުން މި މައްސަލާގައި ގެއްލުމުގެ ބަދަލަށް ފައިސަލާއެއް ނުނިންމީ ކަމަށް ސްޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވެއެވެ.
ވިލާގެ ޗެއާމަނަކީ މި ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލީ ރައީސް ޔާމިން ސަރުކާރުން ގާނޫނާއި ޚިލާފަށް ހިންގަމުން ގެންދިޔަ އަމަލުތަކާއި ދެކޮޅަށް އެމަނިކުފާނު ފާޅުގައި ނުކުމެވަޑައިގެން ހައްގު ބަސް ވިދާޅުވާން ފެއްޓެވުމުން ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު