ޑޮލަރު
ޑޮލަރު
ޑޮލަރުގެ އަގު އަނެއްކާވެސް އުފުލި ރާއްޖޭގެ ކުރިމަގު ބަނަވާން ފަށައިފިކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން އެމްއެމްއޭ އިން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބޭންކްތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފަ އެވެ. އެމްއެމްއޭއިން މީގެކުރިން ބުނެފައިވަނީ ކޯވިޑް-19 ގެ ސަބަބުން ރާއްޖެއަށް މާލީ ގޮތުން ލިބެމުންދާ ގެއްލުމުން އަރައިގަންނަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިން ބޭންކްތަކަށް ދޫކުރާ ޑޮލަރުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ވެސް ބޭންކް ތަކަށް ފޯރުކޮށްދެމުންދާ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ދާދި އަވަހަށް އަރާނެ ކަމަށް ލަފާކޮށް އާއްޓޭ ވިދާޅުވެފައިވަނީ، ކޯވިޑް-19 ރާއްޖޭގައި ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ދިވެހިންގެ ކުރިމަގު ވަރަށްބޮޑަށް ބަނަވާ މަންޒަރު ފެންނަމުންދާ ކަމަށެވެ.



ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރ. ކަމުގައި ވީނަމަވެސް ކަޅުބާޒާރުގައި ޑޮލަރު ވިއްކާ ރޭޓް 20ރ. އަށްވުރެ މައްޗަށް ހުސްވި އަހަރު އަރައިގެން ދިޔައެވެ. ހުސްވި އަހަރާއި މިއަހަރުގެ ބޮޑު ބައެއްގައި ޑޮލަރުގެ އަގު އުފުލެމުން ގޮސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ދިރުން އަންނާން ފެށުމާއެކު ޑޮލަރުގެ އަގު ކޮންމެވެސް ވަރަކަށް ތިރިވިއެވެ.

އެގޮތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުސްވި މަހު 16.30ރ. އާއި 17ރ. އާއި ދެމެދުގައި ވެސް ހުއްޓެވެ. ނަމަވެސް މިހާރު ކުއްލިގޮތަކަށް އަނެއްކާވެސް ވަނީ ޑޮލަރުގެ އަގު ބޮޑުވެ، ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19ރ. އަށް ޖެހިލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން