ރައީސް ނަޝީދު (ފޮޓޯ: ސޯޝަލް މީޑިއާ)
ރައީސް ނަޝީދު (ފޮޓޯ: ސޯޝަލް މީޑިއާ)
ވެއްޓޭ ވަރަށްވުރެބާރަށް ތެދުވެ ދުއްވައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ޙަމަލާއަށްފަހު، ލިބިފައިވާ ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް މިވަގުތު ޖަރުމަނު ވިލާތުގައި ހުންނެވި ރައީސް ނަޝީދުގެ އުފަންދުވަހު ދިވެހި ރައްޔިތުންނަށް ދެއްވި މެސެޖެއްގައި ވިދާޅުވީ، ވެއްޓޭ ވަރަށް ވުރެ ބާރަށް ތެދުވެ ދުއްވައި ގަންނަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ގެ މެސެޖް ޢާއްމު ކުރަށްވާފައިވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ޢާއްމު ކުރެއްވި ވީޑިއޯއެއްގައެވެ.

"ވެއްޓޭ ވަރަށް ވުރެ ބާރަށް ތެދުވާށެވެ. ތެދުވެ ދުއްވައި ގަންނާށެވެ،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



މިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަަ ކޮށްލަން ހަމަލާއެއް ދިނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެންނެވެ. މި ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން