މާލެ ސިޓީ | ފޮޓޯ ސޯޝަލް މީޑިއާ
މާލެ ސިޓީ | ފޮޓޯ ސޯޝަލް މީޑިއާ
ވޭތުވެދިޔަ ދެ ދުވަސް ތެރޭގައި އުސް އިމާރާތެއްގެ މަތިން ތިންވަނަ މީހަކު ވެއްޓިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު މީހަކު ވެއްޓިފައިވަނީ ހުޅުމާލޭ ސޭފްގޭޓް ފިހާރަ ހުންނަ އިމާރާތުގެ މަތިންނެވެ. ފުލުހުން ބުނެފައިވަނީ އެމީހާ ވެއްޓިފައިވަނީ، ހުޅުމާލޭގެ އިމާރާތެއްގެ ދެވަނަ ފަންގިފިލާގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަނިކޮށް، އޭސީ އައުޓްޑޯ ޔުނިޓާއެކު އެވެ.

މިހާދިސާގައި އެމީހާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރޭގެ ވަގުތެއްގައި މާފަންނު އެންދެރި ކުރި، ޢިމާރާތުގެ މަތިންވެސް މީހަކު ވެއްޓި ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. ރޭ ވެއްޓިފައި އޮށްވާ ފެނިފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދާކަމަށާއި އޭނާ އަދިވެސް ހޭނާރާ ކަމަށް ވެއެވެ.

މީގެއިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި ގެސްޓްހައުސްއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓުނު މީހާގެ ބޮޑެތި ޒަޚަމްތަކެއް ހުރިކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. އޭނާއަށްވެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުުހުން ވަނީ ބުނެފައެވެ. އެރޭ ވެއްޓިފައި އޮއްވާ ފެނުނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން