ކޮންމެ ކަމެއްގެ ކުށްވެރިއަކީ ރައްޔިތުމީހާ ކަމަށް ދެކޭނަމަ ކަންތައްތައް ދާނީ ފަނުފުލުން ކަމަށް ރައީސް ނަޝީދު ގެންގުޅުއްވާ ޓްވިޓަރ އެކައުންޓް ސަހުސިއްޔަތެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ، އެލެކްސް އަޙްމަދު ބުނެފިއެވެ.
ރައީސް ނަޝީދު ގެންގުޅުއްވާ ޓްވިޓަރ އެކައުންޓެއް ކަމަށްބުނެ ގިނަ ބަޔަކު ޓްވިޓާގައި ފޮލޯކުރާ އެލެކްސް އަހުމަދުގެ ޓްވިޓަރ އެކައުންޓުގައި މިހެން ބުނެފައިވަނީ، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ ކޮމިޝަނަރ މުޙައްމަދު ޙަމީދު، ސީޕީ ހަމީދު މިއަދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެމުންނެވެ.
އެލެކްސް މިއަދު ބުނެފައިވަނީ، ތަހުގީގުތައް އިތުބާރު ހިފޭ ގޮތަށް ކުރިއަށް ގެންދިއުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި، ތަހުގީގުތަކަށް އޮންނަ އިތުބާރަށް ބުރޫއަރާ އަސާސީ ސަބަބަކީ ކޮބައިކަން ދެނެގަތުމަކީ އިތުބާރު ލިބުމުގެ ފެށުން ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ކުށްވެރިއަކީ ރައްޔިތުމީހާ ކަމުގައި ދެކިއްޖެނަމަ ދެން ހުރިހާ ކަމެއްވެސް ދާނީ ފަނުފުލުން ކަމަށް އެލެކްސް ވަނީ ބުނެފައެވެ.
އެލެކްސް މި މޭރުމުން ޓްވީޓް ކޮށްފައިވާއިރު، އިއްޔެ ކުރި ޓްވީޓެއްގައި އެލެކްސް ބުނީ ބޮން ގޮއްވައި، ރައީސް ނަޝީދު އަވަހާރަކޮށްލަން ހިންގި ހާދިސާއަށް ފައިސާ ހަރަދުކުރި މީހުން ހޯދުމުގައި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް އެ ޓުވީޓްގައި ހިއްސާކޮށްފައެއް ނުވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުޤީގުގައި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އެކަށިގެންވާ މަސައްކަތެއް ނުކުރާކަމަށް ތުހުމަތުކޮށްފައިވާއިރު، އެލެކްސް އަހުމަދުގެ ޓްވީޓަރ އެކައުންޓުން މީގެކުރިން ކުރި ޓްވީޓްތަކުގައި ބޮމުގެ ހަމަލާއަށް ޚަރަދުކުރި މީހުން ހޯދުމަށްވެސް ގޮވާލާފައިވެއެވެ. އަދި ރައީސް ނަޝީދުގެ ސަޕޯޓަރުންވެސް ދަނީ އެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދަން ގޮވާލައި ޝޯޝަލް މީޑިޔާގައި ކެމްޕޭން ކުރަމުންނެވެ.
ރައީސް ނަޝީދުގެ ތަހުޤީޤާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖްލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން 6 މެއި ގައި ދިން ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، "ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް" ކަމަށާއި، އެހެން ކަމުން ހަމަލާއާ ގުޅޭ ކުޑަ މައުލޫމާތެއް ވިޔަސް އަދި ގިނަ މައުލޫމާތެއް ކަމުގައިވިޔަސް، އެއްވެސް ފަރާތަކަށް އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
މި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތާއި ދިމާކޮށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެ ހަމަލާދިން އައިއީޑީގެ އެތެރެއަށްވަނީ ރޭޒާ ފުއް އަޅާފައެވެ.
އެ ގޮއްވައިލުމުގެ ސަބަބުން ރައީސް ނަޝީދުގެ ހަށިކޮޅަށް ގިނަ އަދަދެއްގެ ރޭޒާ ފުށް ވަދެ ރައީސް ނަޝީދު ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންނެވިއެވެ. އޭޑީކޭގައި އެމަނިކުފާނުގެ ސާޖަރީތަކެއް ހަދައި، 16 ގަޑިއިރުގެ އޮޕަރޭޝަންތަކަށްފަހު ހަށިކޮޅުގެ ތެރެއަށް ވަދެފައިވާ ރޭޒާ ފުއްތައް ވަނީ ނަގާފައެވެ. އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަަނަށް ވަޑައިގެން އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެެވެ.
މިހާތަނަށް މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

Thahuqeeg thah ithubaarah hifey gothah kuri ah gendhiumakee nuhanu beynun theyri kameh. Ithubaarah buroo araa asaasee sababakee kobaa kan dheyney gathumakee ithubaaru libumuge feshun. Konme kamehge kuhveriyaa akee Rahyath meehaa kamah dheykihje nama dhen dhaanee fanu fulun.
— Alex Ahmed (@anedhivehirajje) May 23, 2021
އެލެކްސް މި މޭރުމުން ޓްވީޓް ކޮށްފައިވާއިރު، އިއްޔެ ކުރި ޓްވީޓެއްގައި އެލެކްސް ބުނީ ބޮން ގޮއްވައި، ރައީސް ނަޝީދު އަވަހާރަކޮށްލަން ހިންގި ހާދިސާއަށް ފައިސާ ހަރަދުކުރި މީހުން ހޯދުމުގައި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް އެ ޓުވީޓްގައި ހިއްސާކޮށްފައެއް ނުވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުޤީގުގައި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އެކަށިގެންވާ މަސައްކަތެއް ނުކުރާކަމަށް ތުހުމަތުކޮށްފައިވާއިރު، އެލެކްސް އަހުމަދުގެ ޓްވީޓަރ އެކައުންޓުން މީގެކުރިން ކުރި ޓްވީޓްތަކުގައި ބޮމުގެ ހަމަލާއަށް ޚަރަދުކުރި މީހުން ހޯދުމަށްވެސް ގޮވާލާފައިވެއެވެ. އަދި ރައީސް ނަޝީދުގެ ސަޕޯޓަރުންވެސް ދަނީ އެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދަން ގޮވާލައި ޝޯޝަލް މީޑިޔާގައި ކެމްޕޭން ކުރަމުންނެވެ.
ރައީސް ނަޝީދުގެ ތަހުޤީޤާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖްލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން 6 މެއި ގައި ދިން ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، "ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް" ކަމަށާއި، އެހެން ކަމުން ހަމަލާއާ ގުޅޭ ކުޑަ މައުލޫމާތެއް ވިޔަސް އަދި ގިނަ މައުލޫމާތެއް ކަމުގައިވިޔަސް، އެއްވެސް ފަރާތަކަށް އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
މި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތާއި ދިމާކޮށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެ ހަމަލާދިން އައިއީޑީގެ އެތެރެއަށްވަނީ ރޭޒާ ފުއް އަޅާފައެވެ.
އެ ގޮއްވައިލުމުގެ ސަބަބުން ރައީސް ނަޝީދުގެ ހަށިކޮޅަށް ގިނަ އަދަދެއްގެ ރޭޒާ ފުށް ވަދެ ރައީސް ނަޝީދު ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންނެވިއެވެ. އޭޑީކޭގައި އެމަނިކުފާނުގެ ސާޖަރީތަކެއް ހަދައި، 16 ގަޑިއިރުގެ އޮޕަރޭޝަންތަކަށްފަހު ހަށިކޮޅުގެ ތެރެއަށް ވަދެފައިވާ ރޭޒާ ފުއްތައް ވަނީ ނަގާފައެވެ. އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަަނަށް ވަޑައިގެން އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެެވެ.
މިހާތަނަށް މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު