ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިހާރު އެންމެ ބާރަށް ދެކެވޭ ސެކިއުރިޓީގެ މައްސަލައިގައި ދެކެވޭ ވާހަކަތަކަށް އެމަނިކުފާން ގެންގުޅުއްވާ ކަމަށް ގިނަބަޔަކު ބުނާ ޓްވިޓަރ ހެންޑްލްއިން ވަރުގަދަ ރައްދެއް ދީފިއެވެ.

އެލެކްސް އަހުމަދުގެ ނަމުގައި ހިންގާ މި ޓްވިޓާ ހެންޑްލްއިން މިއަދު ބުނީ މަޅިއެއްގައި ޖެހުމުން އެމަޅިން ނެއްޓެން ވެގެން ތެޅިގެންފިނަމަ ޖެހޭނީ އިތުރު މަޅިއެއްގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މޭ ގައި ދިން ޓެރަރިސްޓް ޙަމަލާއިން ލިބިވަޑައިގެންނެވި ބޮޑެތި ޒަޙަމްތަކާއި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ މިދަނޑިވަޅުގައި، ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބެހޭގޮތުން ފޮރުވިގެންހުރި އެމްއެންޑީއެފްގެ ފަރާތަކާ ޙަވާލާދީ ރާއްޖޭގެ ނޫހަކުން ވަނީ މައްސަލައިގައި ކުށްވެރިވަނީ ރައީސް ނަޝީދުގެ ޢަމަލުފުޅުތަކާއި، ދިރިއުޅުއްވި ގެ ކަމަށް ބެލެވޭ ގޮތަށް ވާހަކަދައްކާފައެވެ.

އެހެންކަމުން، "ބުއްދިވެރި ގޮތަކީ މަޑުމަޑުން އިނުން" ކަމަށާއި، "މަޅިން ނެއްޓެން އުޅޭނީ ފަހުން" ކަމަށް ވެސް އެލެކްސް ބުނެފައި ވެއެވެ.



ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުޤީގުގައި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ތުހުމަތުކޮށް، އެލެކްސް އަހުމަދުގެ ޓްވީޓާ އެކައުންޓުން މީގެކުރިން ކުރި ޓްވީޓްތަކުގައި ބޮމުގެ ހަމަލާއަށް ޚަރަދުކުރި މީހުން ހޯދުމަށްވެސް ގޮވާލާފައިވެއެވެ. އަދި ރައީސް ނަޝީދުގެ ސަޕޯޓަރުންވެސް ދަނީ އެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދަން ގޮވާލައި ޝޯޝަލް މީޑިޔާގައި ކެމްޕޭން ކުރަމުންނެވެ.

ރައީސް ނަޝީދުގެ ތަހުޤީޤާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ރައްޔިތުންގެ މަޖްލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން 6 މެއި ގައި ދިން ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، "ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް" ކަމަށާއި، އެހެން ކަމުން ހަމަލާއާ ގުޅޭ ކުޑަ މައުލޫމާތެއް ވިޔަސް އަދި ގިނަ މައުލޫމާތެއް ކަމުގައިވިޔަސް، އެއްވެސް ފަރާތަކަށް އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތާއި ދިމާކޮށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން