އުއްތަމަ ފަނޑިޔާރަށް ރިޕޯޓް ޙަވާލުކުރުން
އުއްތަމަ ފަނޑިޔާރަށް ރިޕޯޓް ޙަވާލުކުރުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމު އަދުނާނަށް އަރުވައިފިއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ ރިޕޯޓްް އުއްތަމަ ފަނޑިޔާރަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި، 241 ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ، މޭ 6، 2021 ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާގުޅިގެން، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގާފައިވާ ޕާލިމަންޓަރީ އިންކުއަރީގެ މަސައްކަތް ނިންމިގޮތުގެ ރިޕޯޓް އުއްތަމަ ފަނޑިޔާރަށް މިހާރު އަރުވާފައިވާ ކަމަށެވެ.

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ޙަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ "ޕާލަމެންޓްރީ އިންކުއަރީ" ރިޕޯޓު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހުކުރުދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

މި ރިޕޯޓް ދައުލަތުގެ ތިން ބާރުގެ އެންމެ އިސް ވެރިންނަށް މިހާރު ވަނީ އަރުވާފައެވެ.

241 ކޮމެޓީން ކުރިއަށްގެންދިޔަ ޕާލަމެންޓްރީ އިންކުއަރީއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި އެ ދެ މުއައްސަސާގެ ވަކިވަކި މުވައްޒަފުންވެސް ކޮމިޓީއަށް ޙާޒިރުކުރިއެެވެ. އަދި ބައެއް ވަޒީރުންނާއި އެކި މުއައްސަސާތަކުގެ ވެރިންނާއި ކަމާގުޅޭ މުވައްޒަފުންވެސް ކޮމިޓީއަށް ޙާޒިރުކޮށްފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މުއައްސަސާތަކުގެ މަސައްކަތް އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމާއި މަޖިލީހުގެ ބައެއް ލަފަޔާއި އިރުޝާދު، ޖުމުލަ 271 ސަފްހާގެ މައްޗަށް އެކުލެވޭ އިންކުއަރީ ރިޕޯޓްގައި ހިމަނާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން