ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ކުޑަކޮށް އެފަދަ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނުގެ ލިމިޓަށްވުރެ އިތުރަށް އެޕްލިކޭޝަން ހުށައަޅަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އިޢުލާން ކުރަށްވާފައި ވަނީ ހުސްވި ޖޫން 17 ވަނަ ދުވަހުއެވެ. މިނިސްޓަރ ވަނީ ސަރުކާރުން އިއުލާނުކޮށްފައިވާ އައު އިކޮނޮމިކް ރިލީފް ޕެކޭޖް ތަކަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި, އިޤްތިސާދު އިތުރުކުރުމަށް ވިޔަފާރިތަކަށް އެހީތެރިވުމަށް ހުޅުވާލައިފައިވާ ސްކީމެއް ކަމަށް ވިދާޅުވެފައެވެ.
ޖޫން 20 ވަނަ ދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަން ފަށާފައިވާއިރު، މި ލޯން ދޫކުރަމުން އަންނަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދޭ އުސޫލުން ކަމަށް ވެސް ބީއެމްއެލުން ބުނެފައިވެއެވެ.
މި ލޯން ސްކީމަކީ ވަކި އަދަދެއް ކަނޑައެޅިފައިވާ ލޯން ސްކީމަކަށް ވީނަމަވެސް މިހާތަނަށް ބޭންކުން ބަލައިގެންފައިވާ ލޯން އެޕްލިކޭޝަންތަކަށް ބަލާއިރު ލޯން ސްކީމަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރުކަމަން ބޭންކުން ފަނީ ފާހަގަކޮށްފައެވެ. މި ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިހިނގާ ޖުލައިމަހުގެ 17 ވަނަ ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ބޭންކުން ބުނީ ލޯނަށް އެދި ބޭންކަށް ހުށައަޅާފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު ފަންޑުގައި ބާކީ ފައިސާ ހުރިނަމަ އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަން ހަމަޖެހިފައިވާއިރު، މީގެ ކުރިންވެސް ބީއެމްއެލުން ވަނީ އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖްގެ ދަށުން 585.9 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.
ކޯވިޑްގެ ސަބަބުން ރާއްޖޭގެ އިގުތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށް ވިޔަފާރިތައް ދަމަހައްޓައި ގިނަ ބައެއްގެ ވަޒީފާއާއި އާމްދަނީއަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ރިލީފް ޕެކޭޖްތަކާއި ސްޓިމިއުލަސް ޕެކޭޖްތައް ތަޢާރަފުކޮށް އެފަދަ ވިޔަފާރިތަކަށް ލުއި ލޯނުތައް ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު