ބަންގްލަދޭޝްގައި ޢީދާ ދިމާކޮށް ކޮވިޑުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފިއެވެ.

ބަންގްލަދޭޝްގައި ކޮވިޑުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް ލޮކްޑައުންކޮށްފައިވަނީ އެގައުމުގައި ކޮވިޑުގެ ނުރައްކާ އިތުރުވެ.


މިގޮތުން މިހިނގާ ޖުލައި މަހުންފެށިގެން ކުރިއަށްދާ ކޮވިޑުގެ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކު، ކުއްލިހާލަތުގައި މެނުވީ މަގުމައްޗަށް ނިކުތުން އޮތީ މަނާކޮށްފައެވެ. އަދި އާންމު ދަތުރުފަތުރުކުރުމާއި، ފިހާރަތަކާއި، އޮފީސްތައް ބަންދުކޮށްފައިވެއެވެ.

ހަރުކަށިފިޔަވަޅުތަކާއިއެކުވެސް ކޮވިޑް ބަލި އަދި ކޮންޓްރޯލް ކުރެވިފައި ނުވި ނަމަވެސް، ޢީދު ފާހަގަކުރުމަށް ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިި ދިނުމަށް ބަންގްލަދޭޝްގެ ކެބިނެޓުން ވަނީ ނިންމާފައެވެ. މިއާއެކު ޢީދަށް ވިޔަފާރިތައް ހުޅުވައި އިގްތިސާދު އިޔާދުކުރުމަށް ފުރުސަތުލިބިގެންދާނެކަމަށް ބަންގްލަދޭޝްގެ ކެބިނެޓުން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު