ހުޅުމާލޭގައި ރޭ މެންދަމު ބާރުގަދަ އަޑެއް އިވުނީ ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ހިނގި ކަމަކުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ހުޅުމާލޭ ބޯގަންވިލާ މަގު ސަރަހައްދުގައި ރޭ 00:35 އެހާކަންހާއިރު އެއްޗެއް ގޮވައި ބާރުގަދަ އަޑެއް އިވުމާއި ގުޅިގެން ފުލުހުންނާއި ސިފައިން އެކުގައި މަސައްކަތްކޮށް އެސަރަހައްދުގައި ހަރަކާތްތެރިވެ އެސަރަހައްދުގައި ތިބި މީހުންނާއި ސުވާލުކޮށް ބަލަން ޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދު ބަންދުކޮށް މިހާތަނަށް ބެލި ބެލުމުން އިވުނު ބާރުގަދަ އެއަޑަކީ ހުޅުމާލޭ ލޮޓް ނަންބަރު 1138 ގެ ޓެރެސް މަތީގައި ވެލްޑިން ކުރުމުގައި ހަރަކާތްތެރިވުމުގެ ތެރޭގައި ހިނގި "އިންސިޑެންޓަކުން" ކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން