ބަނޑު ހަރުވުމުން އެކަން ރަނގަޅުކުރަން ކަމަށްބުނެ ޗައިނާގެ ރައްޔިތަކު އޭނާގެ ފުރަގަސްފަރާތަށް ބޮޑު ވެނެއް ލައިފިއެވެ.

ދިގުމިނުގައި 8 އިންޗި ހުރި ދިރިއޮތް ވެނެއް ފުރަގަސްފަރާތުން އޭނާގެ ހަށިގަނޑުގެ އެތެރެއަށް ވެއްދީ، ބަޑު ހަރުވުމުން ލުއެއް ހޯދުމަަށް ކުރީ ޒަމާނުގައި މީހުން ކުރާކަމަކަށް ވާތީކަމަަށް ޗައިނާއަށް ނިސްބަތްވާ މިމީހާ ހާމަކޮށްފައިވެއެވެ.

އޭނާގެ ފުރަގަސްފަރާތުން ހަށިގަނޑުގެތެރެއަށް ވެން ވަދެގެން ދިއުމަށްފަހު ތަދު އިހުސާސު ކުރެވުނު ނަމަވެސް އަމިއްލަ އަށް ވެން ނަގަން އުޅެ ވެން ނުނެގުމުން ގަތް ލަދުން އޭނާ ފުރަތަމަ އިހުތިޔާރު ކުރީ ސިއްހީ ފަރުވާ ހޯދަން ވެސް ނުދިއުމަށެވެ. ނަމަވެސް ބަނޑުގައި ރިހުން ގަދަވެ ހޮސްޕިޓަލަށް ދިޔައިރު ވެން އޮތީ ބަނޑުތެރޭގައި ތާށިވެފައިކަމަށް ޑޮކްޓަރުން ހާމަކޮށްފައި ވެއެވެ.

އޮޕަރޭޝަން ކުރުމަށް ފަހު ވެން ނެގި ޑޮކްޓަރުން ވަނީ އޭނާ ފުރާނަ ސަލާމަތްވީ ކިރިޔާކަމަށް ހާމަކޮށްފައެވެ. ވެން ނެގިއިރު ވެން ދިރޭކަމަށާއި، އަދި އޭތި އޮތީ ގޮހޮރުގެ ބައެއް ފޫއަޅުވާލައި ބަނޑުތެރެއަށް ވަދެ ތާށިވެފައިކަމަށްވެސް ޑޮކްޓަރުން ހާމަކުރިއެވެ.

މީގެ ކުރިންވެސް 50 އަހަރުގެ ޗައިނާގެ ރައްޔިތެއްގެ ބަނޑުތެރޭގައި ތާށިވެ މަރުވެފައި އޮތް 16 އިންޗީގެ ވެނެއް ނަގާފައިވެއެވެ. ޗައިނާގެ މީހުންގެ މެދުގައި މަދުންނަމަވެސް ފުރަގަސްފަރާތުގެ ބަލިތަކަަށް ލުއި ހޯދުމަށް ކަމަަށްބުނެ ދިރިހުރި ވެން ވެއްދި ނަމަވެސް އެއީ އެއްވެސް ފައިދާއެއް ހުރި ކަަމަކަަށް ސައިންޓިފިކް ހެއްކަކުން އަދި މިހާތަނަކަށް ދައްކާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން