ބޮލީވުޑްގެ ކާމިޔާބު ތިން އަންހެން ތަރިންނާއިއެކު ފަރްހާން އަޚްތަރުގެ ކުރިއަށް އޮތް ފިލްމު އިއުލާންކޮށްފިއެވެ.

ފަރްހާން އަޚްތަރުގެ "ޖީލޭ ޒަރާ" ނަމަކަށް ކިޔާ މިފިލްމަކީ، ހިންދީ ފިލްމު "ދިލް ޗަހަތާހޭ" އަދި "ޒިންދަގީ ނާ މިލޭންގޭ ދޮބާރާ" ފަދައިން އެކުވެރިންތަކެއް އެކުގައި ދަތުރެއް ކޮށްލައި، އެދަތުރު މަތީގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭނެ ފިލްމެއްކަމަށް ފަރްހާން އަޚްތަރު ހާމަކޮށްފައިވެއެވެ.

ނަމަވެސް ހިންދީ ފިލްމު "ދިލް ޗަހަތާހޭ" އަދި "ޒިންދަގީ ނާ މިލޭންގޭ ދޮބާރާ" އާއި ތަފާތުކޮށް، ފިލްމު "ޖީލޭ ޒަރާ" އިން ފެނިގެން ދާނީ ބޮލީވުޑްގެ ކާމިޔާބު ތިން އަންހެން ބަތަލާއިންނެވެ. އާލިއާ ބަޓް، ކަޓްރީނާ ކައިފް އަދި ޕްރިޔަންކާ ޗޯޕްރާ ލީޑުން ފެނިގެންދާ މިފިލްމުގެ ޝޫޓިން 2022 ވަނަ އަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިތިންތަރިން އެކުގައި އެއްފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރުވެސްމެއެވެ.

ފަރްހާން އަޚްތަރު، ޒޯޔާ އަޚްތަރު، ރީމާ ކަގްތީ، އަދި ރިތޭޝް ސިދްވާނީ ޕްރޮޑިއުސް ކުރާ ފިލްމު ޖީލޭ ޒަރާ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން