ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27އ)
ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27އ)
ރަޙުމްކުޑަކޮށް މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގެ ދައުވާ އުފުލާފައިވާ ނ. ލަންދޫ، ބަގީޗާގެ، އިބްރާހީމް ޒިހާން ވަކީލަކާ ނުލާ ޝަރީޢަތުގައި ކުރިޔަށް ދާން ނިންމައިފިއެވެ.

ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައިއޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ 22 ޖޫން ދުވަހުގެރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.

މިމައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27އ) އާއި 17 އަހަރުގެ ކުއްޖެކެވެ.

ކުޑަކުއްޖާ މަރާލި މައްސަލައިގައި ޒިހާންގެ މައްޗަށް ކޮށްފައިވާ ތޭރަ ދައުވާގެ އަޑުއެހުން މިއަދު އެގާރަ ޖެހިއިރު ކްރިމިނަލް ކޯޓުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދަނީ ސިއްރުންނެވެ. މިއަދު ކުރިއަށްދިޔަ ބަންދުގެ މުރާޖައާ އަޑުއެހުމުގައި ޒިހާން ބުނެފައިވަނީ އެ މައްސަލާގައި ކުރިޔަށް ދާން ބޭނުންވަނީ ވަކީލަކާ ނުލާ ކަމަށެވެ. ކޯޓުން މިއަދު ނިންމާފައިވަނީ، ޝަރީއަތް ނިމެންދެން ޒިހާން ބަންދުގައި ބެހެއްޓުމަށެވެ.

ޒީހާންގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް ދަޢުލަތުން ވަނީ އުފުލާފައެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާ އަކާއި، ކުުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގުމުގެ ދައުވާ އާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި ކުއްޖާ ގްރޫމްކުރުމުގެ ދައުވާ އާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އާއި، ޖިނާއީ ކުށެއްކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ އެވެ.

މިދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ މިމައްސަލައިގައި 17 އަހަރުގެ ކުއްޖާއަށްވެސް ދައުވާކުރަން ފޮނުވާފައިވާކަމަށާއި، ނަމަވެސް އެއީ ކުޑަކުއްޖަކަށްވުމުން އެކަމާއި ގުޅޭ ތަފްސީލެއް ނުދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން