ކުއްޖާ ވެއްޓުނު ސަރަހައްދުގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ
ކުއްޖާ ވެއްޓުނު ސަރަހައްދުގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ
ދުބާއީގެ އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ބެލްކަނިން ވެއްޓި ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ.

ގަލްފް ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ ގްރޭޑް 12 ގައި އުޅޭ އަރަބި ކުއްޖެއްކަމަށެވެ.

ޕެޓްރޯލްކުރާ ފުލުހުންނާއި އެމްބިއުލާންސެއް އެ ކުއްޖާ ވެއްޓުނު ދުބާއީގެ އަލް ވަރްސަން ސަރަހައްދަށް ފަސްޓް އެއިޑްގެ ޚިދުމަތް ދިނުމަށް ދިޔަނަމަވެސް، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އެކުއްޖާވަނީ މަރުވެފައެވެ.

ފުލުހުން ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި މި ކުއްޖާ ވެއްޓުނީ އޭނާގެ ކޮއްކޮ އާއެކުގައި ކުޅުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓުނު ބޯޅައެއް ދިޔަ ހިސާބެއް ބެލުމަށް ބެލްކަނިން ތިރިއަށް ބަލަން އުޅުމުގެ ތެރޭގައި ފައި ކައްސާލައިގެންނެވެ.

ފުލުހުން ވަނީ އެކުއްޖާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އަދި ހުރިހާ ރައްޔިތުންވެސް ކުޑަކުދިން ބެލެހެއްޓުމުގައި ރައްކާތެރިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ކުއްޖާ ކިޔަވަމުން ދިޔަ ސްކޫލުންވެސް، މި ހާދިސާއާއި މެދު ހިތާމަކޮށް ތައުޒިޔާގެ މެސެޖެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން