މެދު އިރުމަތީގައި އެންމެ ކުލި އަގުބޮޑު ސިޓީއަކީ ޤަތަރުގެ ދޯހާ ސިޓީކަމަށް ކަނޑައަޅައިފިއެވެ.

އެކި ގައުމުތަކުގައި ދިރިއުޅުމަށް ހަރަދުވާނެ ކުލި ދައްކުވައިދޭ ގްލޯބަލް ކޯސްޓް އޮފް ލިވިންްގ އިންޑެކްސް ލިސްޓުން ހާމަކޮށްފައިވާގޮތުގައި މިލިސްޓުގެ އެންމެ ކުރީގައި ދޯހާ ހިމެނިފައިވަނީ މެދު އިރުމަތީގައި ދިރިއުޅުން އަގުބޮޑުކަމަށް ފާހަގަ ވެފައިވާ ޑުބާއީ، އަބޫދާބީ، އަދި ކުވައިތު ސިޓީ ފަދަ ސިޓީތައް ފަހަތައް ޖައްސާލާފައެވެ.

މިގޮތުން އެންމެ އާދައިގެ އެއް ކޮޓަރީގެ އެޕަރޓްމެންޓެއްގެ އެވަރެޖް އަގަށް ބަލައި، އޭޝިއާ ބައްރު ސެކްޝަނުގައި ދޯހާ ހިމެނިފައިވަނީ ކުލި އެންމެ އަގުބޮޑު ލިސްޓުގެ ފަސްވަނައިގައެވެ. އަދި މެދު އިރުމަތީގެ ލިސްޓުން އެއްވަނައިގައެވެ.

ދޯހާ ގައި އާދައިގެ އެއް ކޮޓަރީގެ އެޕަރޓްމެންޓެއްގެ އެވަރެޖް އަގަކީ 5،804.88 ޤަތަރު ރިޔާލެވެ. އެއީ ގާތްގަނޑަކަށް 1،549 ޑޮލަރެވެ.

ގްލޯބަލް ކޯސްޓް އޮފް ލިވިންްގ އިންޑެކްސް ލިސްޓުން ދައްކާގޮތުގައި ދޯހާގައި އާދައިގެ އެއް ކޮޓަރީގެ އެޕަރޓްމެންޓެއް، އައިސްލޭންޑް، ނެތަލޭންޑްސް، އޮސްޓްރޭލިއާ، އަދި ޖަރުމަނީ ފަދަ ގައުމުތަކަށްވުރެ އަގުބޮޑެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން