އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ "މިނިވަންކަމުގެ ހިނގާލުން" އަންނަ ހުކުރު އޮންނާނެކަމަށް އެކޯލިޝަނުން ހާމަކޮށްފިއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީ ހުޅުމާލޭ ދާއިރާގެ ކައުންސިލަރ ސުޖާއު ވިދާޅުވީ މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކުރި "މިނިވަންކަމުގެ ހިނގާލުން" 12 ނޮވެމްބަރު 2021 ވާ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.
މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ކޯލިޝަނުން ވަނީ އެދިފައެވެ. އެގޮތުން މާލެއާއި ގާތުގައި މީހުން ދިރިއުޅޭ ރަށްރަށުގެ މީހުން މާލެ އައިސް ހިނގާލުމުގައި ބައިވެރިވުމަށް ވަނީ ދަޢުވަތު ދީފައެވެ. އަދި ޚާއްސަކޮށް ސިވިލް ސަރވިސް މުވައްޒަފުން ހިނގާލުމުގައި ބައިވެރިވުމުގެ ދަޢުވަތު ދީފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން އިންތިޒާމުކޮށްގެން އެންމެ ފަހުން މިފަދަ ހަރަކާތެއް ބާއްވާފައިވަނީ ރާއްޖޭގައި ގާއިމުވެ ތިބޭ އިންޑިއާގެ އަސްކަރީ ސިފައިން ބޭލުމަށާއި އިންޑިއާއެކު ހަދާފައިވާ ކަމަށް ބުނާ ގޮތްނޭނގޭ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާ އަޑުއުފުލުމަށެވެ.
ހުސްވި މަހު މާލޭގެ މަގުތަކުގައި ބޭއްވި މި އެއްވުމަކީ މިފަހުން އިދިކޮޅުން ބޭއްވި އެފަދަ ހަރަކާތްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބައިވެރިވެގެން ބޭއްވި ހަރަކާތެވެ. މި ހަރަކާތުގައި އެއްވެސް މީހަކު ހައްޔަރުކޮށް ނުވަތަ ފުލުހުންނާ ކުރިމަތިލުމެއް ނުވަތަ ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު