ކްލިކް ކޮލެޖްގެ ހަރަކާތެއްގައި ކްރިސްޓިއަން ދީނާބެހޭ ލަވައެއް ޖެހުނީ އޮޅުމަކުން ކަމަށް އެ ކޮލެޖުން ހާމަކޮށްފިއެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އިއްޔެ އޮތް އެ ކޮލެޖްގެ ކުޅިވަރު ހަރަކާތްތަކެއްގައި ކްރިސްޓިއަން ދީން ފަތުރަން ބޭނުން ކުރާފަދަ ލަވަ ޖެހި މައްސަލައެއް ވަނީ ހޫނުވެފައެވެ. އެކަމާ ގުޅިގެން ދީނީ އިލްމްވެރިންނާއި މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެ މައްސަލަ މިހާރު ވަނީ ފުލުހަށްވެސް ހުށައަޅާފައެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފެށުމުން ކްލިކް ކޮލެޖުން ބުނީ އެފަދަ ލަވައެއް ޖެހުނީ އޮޅުމަކުން ކަމަށެވެ. އަދި އެކަން ސަމާލުކަމަށް އައުމާއެކު ހުއްޓާލި ކަމަށް ކްލިކް ކޮލެޖުން ބުނެ އެވެ. އެ ކޮލެޖުން ވަނީ އެކަމަށް ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ.

ޣަައިރު ދީންތަކުގެ ހަރަކާތްތައް ރާއްޖޭގައި އިތުރުވަމުންދާއިރު އެކަންކަން ހުއްޓުވަން ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް އިދިކޮޅުން ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އެފަދަ މައްސަލަތައް ސީރިއަސްކޮށް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން